ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4121 މީހަކަށް ވޯޓް ލެވޭނެ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގައި އެވެ. އަދި އައްޑޫ ސިޓީގެ ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްގައި އެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު، ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ