ދިރާގާއި ކ. މާފުށި ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ވަށްމާފުށީގެ ފަރާތުން 3 ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ސޯޝަލް މީޑިއާ ގިވްއަވޭއެއް މެދުވެރިކޮށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ހާއްސަ އިނާމު ލިބޭ ކޮންމެ ނަސީބުވެރިއަކަށް، ވަށްމާފުށީގެ ޒިޕްލައިން 2 މީހަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ.
ތަފްސީލް - މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
dhiraagu ،@zipline.mv@ އަދި visitmaafushi@ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރުން
ގިވްއަވޭއަށް ހާއްސަ ޕޯސްޓް ޝެއާކުރުން
ގިވްއަވޭގެ ހާއްސަ ޕޯސްޓްގެ ކޮމެންޓް ސެކްޝަނުގައި 3 ރައްޓެހިން ޓެގްކުރުން
ގިވްއަވޭގެ ހާއްސަ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރުމަށް ފަހު dhiraagu@ އަދި zipline.mv@ ޓެގްކުރުން
މި އިނާމް ހޯދުމަށްޓަކައި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އެނގުން މުހިންމު - ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އާ ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ. މި ޕާޓްނަޝިޕްގެ ދަށުން:
ދިރާގުގެ އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ހިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެ
އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާ އިން %10 ޑިސްކައުންޓް ލިބޭނެ
ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ
ދިރާގު ހަދިޔާ: ވަށްމާފުށި ޒިޕްލައިން 3 ނަސީބުވެރިއަކަށް ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ