އެންމެ ދެ ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން އާނޭ ސްލޮޓް ވަކިކޮށްފި އެވެ.
ހުސްވި ސީޒަނުގައި ޓީމާ ހަވާލުވެ ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗަށް މި ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. އަދި ލީގުގައި ލިވަޕޫލް ދިޔައީ ފަސް ވަނަ އަށެވެ. މިއީ ކިރިޔަ ކިރިޔާ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ލިބުނު މަގާމެކެވެ.
ލިވަޕޫލްން އައު ކޯޗަކަށް ގެނައުން އެންމެ ގާތީ ބޯނެމައުތުގެ ކޯޗުކަން ދޫކޮށްލި އަންޑޯނީ އިރައޯލާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކުލަބުން މިހާރު ވަނީ އޭނާއާއެކު މަޝްވަރާތައް ފަށައިފަ އެވެ.
ލިވަޕޫލުން ސްލޮޓް ވަކިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ހުސްވި ސީޒަނުގައި ސްލޮޓަށް މަގާމުގެ ޒިންމާ އަދާ ނުކުރެވުނު ކަމަށާއި އަދި ޒިންމާ ނެގުމުގައި ވެސް ކޯޗުގެ ފުށުން އެންމެ އެކަށީގެންވާ ޒިންމާދާރުކަން ނުފެނުނު ކަމަށެވެ.
ނަމަވެސް އޭނާ ކުލަބަށް ކޮށްދިން ހިދުމަތްތަކަށް ލިވަޕޫލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ނުވަ އަހަރުވަންދެން ކާމިޔާބު ޓީމެއްގެ ގޮތުގައި ބޭއްވި ލިވަޕޫލުން އޭނާ ވަކިވި ފަހުން މިވީ ދެ އަހަރު ތެރޭގައި ލިބުނު ހަމައެކަނި ތައްޓަކީ ވެސް ހުސްވި ސީޒަނުގެ ޕްރެމިއާ ލީގެވެ. މިހެންވެ ގިނަ ބަޔަކު ގަބޫލު ކުރަނީ ސްކޮޓް ކޯޗުކަމުގައި ހުރި ނަމަވެސް އެއީ ކްލޮޕް ތައްޔާރުކުރި ޓީމަކުން ހޯދި އޭނާގެ ތައްޓެއްގެ ގޮތުގަ އެވެ.
ލިވަޕޫލް ކޯޗުކަމުން ސްލޮޓް ވަކިކޮށްފި، އައުން ގާތީ އިރައޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ