މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރަށް ފަހު މާލެ ވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ މާލެ ވަޑައިގެންފި އެވެ.
އަލްހާ އީދު ބަންދަށް މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭރު އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި އާއިލާގެ ބޭފުޅުން ތިއްބެވީ އިނގިރޭސި ވިލާތުގަ އެވެ. 
މުއިއްޒު ސިންގަޕޫރުގައި ހުންނަވަނިކޮށް، ސާޖިދާ އާއި އާއިލާގެ ބޭފުޅުން އިނގިރޭސިވިލާތުން ސިންގަޕޫރަށް ވަޑައިގަތެވެ. 
މުއިއްޒު މާލެ ވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ ވަޑައިގެންނެވިކަމެއް ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.  ސާޖިދާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ތަފްސީލެއް ވެސް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. 
މުއިއްޒުގެ ދޮށީ ދަރިކަނބަލުން ޔާސްމީން މުޢިއްޒު ތައުލީމު ހާސިލުކުރައްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ. ސާޖިދާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ މާކުރިންވެސް ރޭވިފައިވާ ދަތުރެއް ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ