ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލިމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.
ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް ދަށްކޮށްފައި ވަނިކޮށެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައި ވަނީ، ސުލޫކީ މައްސަލައެއްގައި ސަސްޕެންޑު ކުރުމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ޖޭއެސްސީ ބުނީ، މަގާމަށް އަންނަ ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަން ކުރުމުގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ