ފިލިޕީންސް އައި.ސީ.ޓީ.އެސް.އާއި އެކު ހެދި އެމްއޯޔޫ ބާތިލުކޮށް، ޗައިނާ ހާބަރ އިންޖިނިއަރިންގ އަށް ރާއްޖެގެ މައި ބަނދަރު ދިނުމަށް ރައީސް އޮފީހުން ނިއްމައިފި

ފިލިޕީންސް އައި.ސީ.ޓީ.އެސް.އާއި އެކު ހެދި އެމްއޯޔޫ ބާތިލުކޮށް،، ޗައިނާ ހާބަރ އިންޖިނިއަރިންގ އަށް ރާއްޖެގެ މައި ޕޯޓް ދިނުމަށް ރައީސް އޮފީހުން ނިއްމައިފިއެވެ. މާލޭ ސަރަހައްދުގައި ގާއިމުކުރާ ބައިނަލްއަގްވާމީ ޕޯޓު ތަރައްގީކުރުމަށް އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓާރމިނަލް ސާވިސަސް، އިންކް (އައިސީޓީއެސް)އާ ހަވާލުކުރަން ނިންމި އެމްއޯޔޫ މީގެ ކުރިން ވަނީ ލީކް ވެފައެވެ. އަދި ރާއްޖޭގެ މައި ޕޯޓް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ގޯހެއް ކަމަށް އެއީ ދިވެހިން ހިންގަން ޖެހޭ ވިޔަފާރިއެއް ކަމަށް އޭރު ދިޔައީ ބުނަމުންނެވެ.
ޗައިނާ ސަރުކާރުން އަންގައިގެން މުއިއްޒު މިހާރު ވަނީ، ޗައިނާ ހާބަރ އިންޖިނިއަރިންގ މި ޕޯޓް ދިނުމަށް ނިންމާފައެވެ. މިކަން ނިންމާފައިވަނީ ރައީސް އޮފީހުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަން ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ.
މުއިއްޒު މިކަން ކޮށްފައި މިވަނީ އިންޑިޔާއަށް އޭނާ އެންމެ ފަހުން ކުރި ރަސްމީ ދަތުރުގައި ތިލަފުށި ބަނދަރު ހެދުމަށް އިންޑިޔާގެ އެހީތެރިކަމަށް އެދި އަދި އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފައި ވަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ބަނދަރު ހެދުމަށް އިންޑިޔާ ކުންފުންޏަކަށް ދޭނެކަމަށް ބުނެ، އެ ކުންފުންޏަށް މުއިއްޒު ވަނީ މި ދަތުރުގައި ޔަގީން ކަންވެސް ދީފައެވެ. އަދި އިންޑިޔާގެ ނޫސްތަކުން ވަނީ އިންޑިޔާއިން ރާއްޖޭގެ މި ބަނދަރަށް އިންވެސްޓް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ލިޔުންތައްވެސް ލިޔެފައެވެ.
ފިލިޕީންސް ކުންފުންޏާއި އެކު ހަދާފައިވާ އެމްއޯޔޫ ކެންސަލް ކޮށްފިނަމަ މީގެ ކުރިން އޮތީ އެކުންފުންޏަށް އޭގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މި މާއްދާ ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭރު ސަރުކާރުން ބުނެފައި ވީ ނަމަވެސް، މިކަން ކޮށްފައިވާ ކަމެއް ސާރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން، ފިލިޕީންސް ކުންފުންޏަށް ބަދަލުގެ ގޮތުގައި އެތައް މިލިއަނެއް ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ މައި ބަނދަރު ވިއްކާލުމުން ދައްކާދެނީ ސަރުކާރުގައި ޤައުމަށް އެއްވެސް ލޯތްބެއް ނެތް ކަމެވެ. މިއީ ޗައިނާގެ އަތް މައްޗަށް ރާއްޖެއަށް ގެންނަ މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު ދޫކޮށްލުމެވެ. އަދި މުޅި އިޤްތިޞާދު ޗައިނާގެ އަތްމައްޗަށް ދޫކޮށްލުން ފަދަ ގޯސް ކަމެކެވެ. ޤައުމުގެ އިޤްތިޞާދަށް ކަނޑައެޅިގެން ގެއްލުންވާ ފަދަ ނިންމުންތައް މުއިއްޒު ނިންމަނީ އަމިއްލަ މާލީ މަންފާއަށް ކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމުން ދިވެގި ޤައުމާއި، ރައްޔިތުންނަށް ދުވަހަކުވެސް އެއިން އަރައި ނުގަނެވޭ ވަރުގެ ބޮޑު ގެއްލުއް ލިބެއެވެ. ޗައިނާއަކީ އެތައް މިލިއަން މުސްލިމުންނެއް ޖަލުތަކުގައި ބަހައްޓައިގެން އުޅޭ މުސްލިމުންގެ އަދާވާތްތެރި އިސްލާމް ދީނަކީ ނަފްސާނީ ބައްޔެއް ކަމަށް ޤަބޫލު ކުރާ ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ