ރައްޔިތުން އާސަންދައަށް ޖެހިފައި ތިއްބާ, ސިޔާސީ ޖަމިއްޔާ ސަލަފަށް ފައިސާ ދިނުމަށް ސަރުކާރުން ނިންމައިފި

ސިޔާސީ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފައްދައި, ހަޤީގަތާއި ޚިލާފު އެތައް ދޮގު ވާހަކަ ތަކެއް ރާއްޖޭގެ މިނިވަން ކަން ގެއްލެމުން ދާކަމަށް ދޭހަ ވާހެން, އާޓިފިޝަލް ބީޗްގައި ދަރުސް ދިނުމުގެ ސިޔާސީ ޖަލްސާ ބާއްވައިގެން މަސައްކަތް ކޮށްފައިވާ ސަލަފަށް ފައިސާ ދިނުމަށްޓަކައި, ޖަމިއްޔާތަކުން ކުރާ ދީނީ ކަންކަމަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ. މިހެން އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވެފައި ވަނީ, ދީނީ ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
އޭރު އޮތް ސަރުކާރާއި, ވަލީއުލް އަމުރާއި ދެކޮޅަށް 2023 ވަނަ އަހަރު އިންތިހާބާއި ކައިރިކޮށް, ސަލަފުންވަނީ 2 ޖަލްސާއެއް ބާއްވައި, ސަރުކާރާއި މެދު ނަފްރަތާއި ރުޅިވެރިކަން ފަތުރާފައެވެ. އަދި އެ ފަރާތްތަކުން ދައްކާފައިވާ ދޮގު ވާހަކަތައް ވަނީ ޓީވީތަކުން ލައިވްކޮށް ގެނެސް ދީފައެވެ. މިއީ ސިޔާސީ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތެވެ. ދީނީ ޖަމިއްޔާއަކުން ކުރާނެ މަސައްކަތެއް ނޫނެވެ.
އިސްލާމް ދީނުގެ އަގީދާ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދި ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ އިތުރުން ކެރިފޯރުންތެރިކަން ހުރި އާންމު ރައްޔިތުންވެސް ކޮށްދިނުމަށް ނުހަނު ބޮޑަށް ބާރު އަޅަމެވެ.
ނަމަވެސް, ދީނީ ތާކިހާ އަޅައިގެން އުޅޭ ސަލަފަކީ ސިޔާސީ ޖަމިއްޔާއެކެވެ. އަދި އެފަދަ ޖަމިއްޔާގެ ސިޔާސީ އެޖެންޑަރ ކުރިއަށް ގެންދިއުމަށް ސަރުކާރުން ފައިސާ ދޭން އެދޭނަމަ, ސިޔާސީ ޕާޓީއެއް ގޮތުގައި ސަލަފު ރަޖިސްޓްރީ ކޮށްގެން އެމަސައްކަތް ކުރުމަކީ އޭގައި މަކަރުވެރިކަމާއި ކޮރަޕްޝަން ނުހިމެނޭހެން އެކަން ކުރެވޭނޭ ގޮތް ކަމުގައި ގަބޫލު ކުރެވެއެވެ. އަދި ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ސަލަފަށް އެފައިސާ ލިބޭނެ އެވެ. އޭގެ ބަދަލުގައި މަކަރާއި ހީލަތުން ސަރުކާރުން ފައިސާ ހޯދުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް, ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާޢީދު ކޮށް, އެ ފުކުރެއް ކުރިއެރުވުމަށް ސަލަފުން މަސައްކަތް ކުރަމުން ދަނީ އެމީހުންގެ އަމިއްލަ މަންފާއަށެވެ. މި ގޮތުން ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ