މަސްވެރިންގެ ގައުމީ ދަފުތަރުގައި 80 ޕަސެންޓު ދޯނި ދަފުތަރު ކުރެވިއްޖެ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 17.35 މިލިއަން ރުފިޔާ ޖަމާކުރަން ފަށައިފި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެ: މިފްކޯ ތިނަދޫގެ ކޯލްޑް ސްޓޯރ

ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އިއްޔެއެވެ. އިއްޔެ ޖަމާކޮށްދިން ފައިސާއާ އެކު މަސްވެރިންނަށް މިހާރު ވަނީ 879 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުން ޖަމާކޮށް ދީފަ އެވެ.
މިފްކޯއިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ 17 އިން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހަށް މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 50،588 މެޓްރިކް ޓަނަށްވާ ފައިސާއެވެ.
މިފްކޯއިން ބުނީ މިދިޔަ މަހު 24 އިން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903ރ. ކަމަށެވެ.
މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، މި ސަރުކާރު އައިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުން ފައިސާ ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. އެ ގޮންޖެހުންތަކާ އެކު، ސަރުކާރުން ވަނީ މަސްވެރިންގެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފަ އެވެ.
މިފްކޯއިން ވިދާޅުވީ، އެ ކުންފުނިން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ފައިސާދީ ޚަލާސްކޮށްފައިވާކަމަށެވެ.
ނަމަވެސް އޮކްޓޯބަރ 28 އިން ނޮވެމްބަރ 15 އަށް މަސްވެރިން ފެލިވަރަށް ކިރުވާފައިވާ މަހަށް ފައިސާ ދިނުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުން އަންނަކަމަށެވެ. މިފްކޯގެ ބެކްލޮގްގައި މިވަގުތު މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 30 މިލިޔަން ރުފިޔާއެވެ.
މި ސަރުކާރު އައިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުން ފައިސާ ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. އެ ގޮންޖެހުންތަކާ އެކު، ސަރުކާރުން ވަނީ މަސްވެރިންގެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފަ އެވެ.
ފައިސާ ލިބުން ލަސްވާ ކަމަށް ބުނެ، މަސްވެރިން ދަނީ ދޭތެރެެދޭތެރެއިން މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ