ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ، ކާކުކަން ދެނެނުގަނެވޭ

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުގެ އެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ ހަވީރު 4:41 އެހާކަންހާއިރު ކަމަށް ވެސް ބުންޏެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެއީ ބިދޭސީ އެކެވެ. އެހެން ނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ