މި އަހަރުގެ ޖޫން މަހު ބާއްވަން ހަމަޖެހިފައިވާ ސްރީލަންކާ އެކްސްޕޯ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޫން އޭގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ ވިޔަފާރިތަކަށް އޮތްކަމުގެ މައުލޫމާތު ލަންކާގެ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
ސްރީ ލަންކާ އެކްސްޕޯ އޮންނާމީ ޖޫން 18-21 އަށް ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލްގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އޭގައި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތާއި، ދަނޑުވެރިކަމާއި ކާބޯތަކެތި، އަދި ހިދުމަތްތަކާއި ގުޅުން ހުރި ދާއިރާތަކުގައި ހިއްސާވާ ކުންފުނިތަކުން ތަމްސީލު ކުރެވޭނެ ކަމަށެވެ.
ސްރީ ލަންކާ އެކްސްޕޯގައި 50 އަށް ވުރެ ގައުމުން 750 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ މި އެކްސްޕޯއާ ބެހޭ މައުލޫމާތު މި ވެބްސައިޓް srilankaexpo.lk އިން ލިބޭނެ އެވެ.
ލަންކާ އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ