ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތައް ނެގޭ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް ކަނޑައަޅައިފި އެވެ.
ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ބޯޑުން މިހާރު ބޭންކުން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސްފައިވާކަމަށެވެ.
ބީއެމްއެލް އިން މީގެ ކުރިން ލޯން ދޫކުރަމުން އައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭ ގޮތަށެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލާއެކު އުުރުން 18 އަަހަރުން ފެށިގެން 75 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ބީއެމްއެލްގެ ލޯނަށް އެދި ހުށަހެޅޭނެ އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑައަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގަިއ 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ބީއެމްލއެ އިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ %50 އަށްވުރެ އިތުރު އަދަދެއްކަމަށްވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ލޯނު ނެގޭ އެންމެ މަތީ އުމުރު 75 އަހަރާ ހަމައަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ