ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަނީ

ސިވިލް ސާވިސްގައި މަސައްކަތް ކުރާ, ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ. މިހާރު ކުރިއަށްދާ ރިޔާސީ ބަޔާން އިއްވަވަމުން، އެ މަނިކުފާނު ވިދާޅުވީ، އެ ފުރުސަތު އަންނަ މާރިޗު މަހުން ފެށިގެން ލިބޭނެ ކަމަށެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރަން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު މި އަހަރު މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިގެންދާނެރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންނަށް އެތައް ވަގުތެއް ބޭނުންވެއެވެ. މިގޮތުން، ސިވިލް ސާވިސް ވަޒީފާ އަދާކުރާ މީހުންނަށް އެ ވަގުތުތަކުގައި ކުދިންގެ ކަންކަން ބަލަހައްޓާނެ މީހަކު ނެތުމުން ދަތިތައް ކުރިމަތިވެއެވެ. ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ ----ފޮޓޯ/ ރައީސް އޮފީސް އެހެންވެ، ވޯކް ފްރޮމް ހޯމް ނުވަތަ ގޭގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުމަކީ އެ ފަދަ ބެލެނިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެއެވެ. ރައީސް ވަނީ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، އެ ދަރިވަރުންނަށް ބޭނުންވާ ޚާއްސަ ކުލާސްރޫމްތަކާއި އެ ކުދިންގެ ހާލަތަށް ރިޔާއަތްކޮށް، ޚާއްސަ ފާޚާނާ ފަދަ ތަންތަނާއި އެޑިއުކޭޝަނަލް ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ޚާއްސަ ފޮތްތައް ތައްޔާރުކުރުމާއި އެ ކުދިންގެ ނުކުޅެދުންތެރިކަމާ އެއްވަރަށް އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް މިއަހަރު ފަށާނެކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އޭގެއިތުރަށް، ގަވައިދަކާ އެއްގޮތަށް ނުކުޅެދުންތެރިކަން ކުދިންނަށް ހޯމް ސުކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ފުރުސަތު ފަހިކޮށްދޭނީ، އެ ކުދިންގެ ހުންނަ ނަފުސާނީ ހާލަތަށް ބަލައި ހަދާ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ އެލަވަންސެއް ދެމުންނެވެ. އަދި، 2023 ވަނަ އަހަރު އެ އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. https://sun.mv/216724 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 15،059 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ