މާޗު މަހު ހުރިހާ ހިސާބަކަށް ވެސް ވާރޭވެހޭ މިންވަރު މަދުވާނެ

ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ވީ ކިހިނެއް؟- މި ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށް ހޫނު ގަދަ އެވެ. ކަނޑުތައް މަޑުވެފައި، ވައި ވެސް މަޑެވެ.
ތަފްސީލް - މެޓު އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް މަހުގެ ތެރޭގައި ވެސް މޫސުން އޮތީ އެ ފަދަ ގޮތަކަށެވެ. އެކަމަކު  އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު އާދައިގެ މިންވަރަށް ވުރެ މަދުން ނުވަތަ އެއަށް ވުރެ މަދުވެދާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން:
މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާއްމުކޮށް ވެހޭ މިންވަރަށް ވުރެ މަދުން
ފިނިހޫނުމިނަށް ބަލާއިރު، މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންެމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާއްމު މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިވާނެ
މިހާރު މިއީ އިރުވައި މޫސުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އާއްމުކޮށް ރާއްޖެއަށް އެންމެ މަދުން ވިއްސާރަ ކުރަނީ މިދުވަސްކޮޅު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ