ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ދޭއް (ޑޮމެސްޓިކް ޓަރމިނަލް) ބޭނުންކުރާ ފަސެންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލުތަކެއް ގެނެސްފިއެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު 10:00 އިން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، ޓާމިނަލް ދޭއް ގެ ކުރިމަތީގައިވާ ސަރަހައްދުން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެކެވެ.
އައު އިންތިޒާމުގެ ދަށުން، ޓާމިނަލް ދޭއް ގެ އެރައިވަލް ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ވަނީ ފަސިންޖަރުން ބޭލުމަށް (ޑްރޮޕް-އޮފް) ޚާއްސަކޮށްފައެވެ. މި ސަރަހައްދުގައި އެއްފަހަރާ ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ޓާމިނަލް ދޭއް ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށެވެ (ޕިކް-އަޕް). މި ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކޮށްގެން ފަސިންޖަރުން އެރުވުމުގެ ފުރުސަތު އޮންނާނެއެވެ.
މިއަދުން ފެށިގެން ޑޮމެސްޓިކް ޓާމިނަލް ކައިރިން ޓެކްސީ ލިބޭގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ