އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.
މިއީ، ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ފުރަތަމަ ގްރޫޕެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ސްކޫޕ’ ގްރޫޕުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ހައިކޯޓުން ވަނީ ބަލައިގެންފައެވެ.
ޕީޖީން ބުނީ ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން، އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ޕީޖީން ވަނީ އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅެމުގެ އިތުރުން އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިދޭން ހައިކޯޓުގައި އެދިފައެވެ.
ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން ނިއްވާލައިފި ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން ގިރާވަރުފަޅުގެ ގޯތިތަކަށް އަލުން ގުރުނަގަން ފަށައިފި ސިއްހީ ސްކްރީނިންގ އާއި ފަންނުވެރިންނަށް ހާއްސަ ފުރުސަތުތަކެއް އޯޕަން ޑޭގައި މިދިޔަ އަހަރު އެސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ