އަދާލަތު ޕާޓީގެ ރައީސަކަށް ޝިފާން

އަދާލަތު ޕާޓީގެ ރައީސަކަށް އެ ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން މިއަދު އިންތިހާބުކޮށްފި އެވެ.
ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބުގައި ޝިފާނަށް ވަނީ 99 ޕަސެންޓް ވޯޓު ލިބިފަ އެވެ. މި އިންތިހާބުގައި ޝިފާންއާ ވާދަކުރެއްވި އިކްރާމް އަބްދުއްސައްތާރަށް ލިބުނީ އެންމެ ޕަސަންޓެކެވެ.
އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 22 ޕަސަންޓު މީހުންނެވެ.
އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ޝައިހް ޝިފާން ވަނީ އޭނާއަށް އިތުބާރުކުރައްވައި ވޯޓު ދެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުالله އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ