އަވައްޓެރި އިންޑިއާގެ ކުރިއަށް އޮތް 27-2026 ވަނަ އަހަރުގެ ބަޖެޓުގައި ތެރެއިން ރާއްޖެއަށް ދޭ އެހީގެ ގޮތުގައިި 550 ކްރޯޑު ރުޕީސް (59 މިލިއަން ޑޮލަރު) ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް މާލީ އަހަރަށް ލަފާކުރާ އިންޑިއާގެ ދައުލަތުގެ ބަޖެޓު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު، ރާއްޖެއަށް ދޭން ކަނޑައަޅާފައިވާ އެހީގެ އަދަދު ވަނީ މި ހިނގާ މާލީ އަހަރު ދިން އެހީއަށް ވުރެ ކުޑަކޮށްފަ އެވެ.
ތަފްސީލް - މިހާރު މި ހިނގާ 26-2025 އަހަރުގެ ތެރޭ އިންޑިއާ އިން ރާއްޖެއަށް އެހީގެ ގޮތުގައި 625 ކްރޯޑް ރުޕީސް (68 މިލިއަން ޑޮލަރު) އެހީގެ ގޮތުގައި ދިނުމަށް ބަޖެޓުކޮށްފައިވެ އެވެ.
އެކި ގައުމުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްތަކަށް ބަޖެޓުގައި 1،292 ކްރޯޑް ރުޕީސް (140 މިލިއަން ޑޮލަރު) ވަނީ ހިމަނާފައި
އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ މިދިޔަ އަހަރަށް ވުރެ ކުޑަކޮށްފައިވާއިރު، އެ ގައުމުގެ ކްރެޑިޓް ލައިންގެ އެހީގައި ރާއްޖޭގައި މިހާރު ވެސް ގިނަ މަޝްެރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ހިމެނެ އެވެ.
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް 59 މިލިއަން ޑޮލަރުގެ އެހީ؛ 9 މިލިއަން މަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ