މަގުބޫލު ލިޔުންތައް ޒައީމާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވަނީ ދީލަތި އެހީއެއް! ހަމާސް ހަނގުރާމައިގައި ޒަޚަމްވި ޔަހޫދީ ސިފައިންގެ ސިއްރު އަދަދުތައް އިސްރާއީލުގެ ނޫހަކުން ފަޅާއަރުވާލައިފި “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީ ގައި ޞޮބ

އައްޑޫ ސިޓީ ޕޮލިހާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި ރަށްރަށުގެ މުޖުތަމައުގެ އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މިމަހުގެ 8 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވަނީ އައްޑޫ ސިޓީ ނޫރާނީ ސްކޫލުގެ ބެލެނިވެރިންނަށް ބޭއްވި ސެޝަނަކުންނެވެ. އެ ސްކޫލުގައި ހޯލުގައި ބޭއްވި މި ސެޝަންގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު މަރިޔަމް ޝިފާނާ ޢަލީ ސަލީމާއި، އައްޑޫ ސިޓީ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު މަސްޢޫދު އާއި، ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް އާއި ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ހައްވާ ޒިމްނާ އާއި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާރޖުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ މި ހިނގާ ޖަނަވަރީ މަހުގެ 8 ން 16 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގެ ސްކޫލްތަކަށާއި، ބެލެނިވެރިން، ދަރިވަރުން، އަދި މުއައްސަސާތަކަށް އަމާޒުކޮށްގެން ހޭލުންެތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި ސެޝަންތަކުގައި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ހޭލުންެތެރިކުރުމާއި، ބެލެނިވެރިކަމުގެ ހުނަރުތަކާއި، ދަރިވަރުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތްތައް ބުނެދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ސެޝަންތަކުގައި މަޢުލޫމާތު ދެއްވަނީ ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފެސިލިޓޭޓަރުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒްގެ ފެސިލިޓޭޓަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ