އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދީފި، ބަދަލު ދިން ކުންފުނި ސިއްރު!

މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދީފައިވާކަން އެނގިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައި ބަދަލުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާގެ އަދަދު ހާމަކުރެ އެވެ. ނަމަވެސް އެ ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.
މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ އެ ފައިސާއަކީ ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވުން ހަދާފައިވާ ފައިސާއެއް ކަމަށެވެ.
ނަމަވެސް އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ތަފުސީލު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ