ކަރަންޓު ކެނޑެމުންދާތީ ކުޅުދުއްފުށީ ރައްޔިތުން މުޒާހިރާއަށް ނިކުމެއްޖެ, ރައްޔިތުން ބުނަމުން ދަނީ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސިލްސިލާކޮށް މުޒާހިރާ ކުރާނެކަމަށް!

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތް ކެނޑެމުންދާތާ ގިނަ ދުވަސްތަކެއްވެ، ސަރުކާރުން މިކަމަށް ހައްލު ހޯދައިދެވިފައިނުވާތީ އެސިޓީގެ ރައްުިތުން އިހްތިޖާޖަށް ނިކުމެއްޖެއެވެ.
ކުޅުދުއްފުށީގައި މުޒާހިރާ ކުރި މީހުން ބުނެފައިވަނީ, މުޒާހިރާއަށް ނިކުންނަން ޖެހުނީ މި ރޯދަމަސްވެސް އެކީ ހޭދަ ކޮށްފައިވަނީ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ކަމަށާއި, މިއީ މީގެ ކުރިން އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމުގައެވެ.
އެގޮތުން ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސިލްސިލާކޮށް މުޒާހިރާ ކުރާނެކަމުގެ އިންޒާރު އެ ރަށުގެ ރައްޔިތުން މި ސަރުކާރަށް ދީފައި ވެއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް އަމާޒުކޮށް އެއްވެސް ހައްދެއްނެތި ވަޒީފާތަކަށް މީހުން ވެއްދުމުގެ އިތުރުން ފެނަކައިގަ ހިންގަމުންދާ ކޮރަޕްޝަންގެ ސަބަބު އެކުންފުނި އޮތީ ބަނގުރޫޓުވެ, ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ނުކުޅެދިފައެވެ.
ރައީސް މުއިއްޒުދަނީ ރައްޔިތުން އަސާސީ ޚިދުމަތުން މަޙުރޫމް ކޮށްފަ ބޭތިއްބުމަށްފަހު, ބޮޑު މުސާރަލިބޭ ވަޒީފާތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ