މޫސުން ގޯސްވެ ކަނޑުމަތީގެ 6 ހާދިސާއެއް ހިނގައިފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އިއްޔެ އާއި މިއަދު ހިނގައިފި އެވެ.މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުރުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.އެމްއެންޑީއެފްއިން ބުނެފައިވަނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން 6 ހާދިސާއެއްގެ ރިޕޯޓް ރޭ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.މީގެތެރެއިން ކަނޑުމަތީގެ 3 ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ