ހިތްހަލާކު ކޮށްލި ހަނދާތައް ކަރަންޓުގެ ވަސީލަތަކަށް

ޗައިނާއިން 2022 ވަނަ އަހަރު 2.9 މިލިއަން ވަރި ކޮށްފައިވާއިރު، އަދި އޭގެ އަހަރުތަކެއް ކުރިން 4.3 މިލިއަނަށް ވެސް ވަރީގެ އަދަދުވަނީ އަރާފައެވެ.
ޗައިނާގެ ފެކްޓްރީއަކުން ކުރީގެ ލޯބިވެރިންގެ ހަނދާންތައް ހަލާކުކޮށް، ތެލަށް ރީސައިކަލްކޮށް ކަރަންޓަށް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.
ޗައިނާގައި ކައިވެނީގެ ފޮޓޯ ނެގުމަކީ ވަރަށް ބޮޑު ވިޔަފާރިއެކެވެ. ޕާކުތަކާއި، މިސްކިތްތަކާއި، ތާރީޚީ ތަންތަނުގައި އެކި ގޮތްގޮތަށް ފޮޓޯނަގައި ރައްކާ ކުރުމަކީ ޒަމާނުން ފެށިގެން ކުރާކަމެކެވެ. އެކަމަކު ކޮންމެ އަހަރަކު އެތައް މިލިއަން ވަރިއެއް ކުރާ ގައުމެއްގައި ކައިވެނީގެ އެތައް ފޮޓޯތަކެއް ކުނީގެ ތެރެއަށް އުކާލަން ވެސް ޖެހެއެވެ.ޗައިނާގެ ރައްޔިތެއް ކަމަށްވާ ލިއުގެ ކުންފުނިން މިކަމަށް މިވަނީ މާ ސަޅިގޮތެއް ހުށަހަޅާފަ އެވެ. އެއީ މިފަދަ ހިތްހަލާކުވާ އެތައް ބައެއްގެ ހަނދާންތައް ހަލާކުކޮށް، ބަޔޯފިއުލްއަށް ރީސައިކަލް ކުރުމެވެ. އެ ކުންފުނިން ބުނީ މީ އަދި މާ ގިނަ މީހުނަށް ނޭނގޭ ވިޔަފާރިއެއް ކަމުގައި ވީނަމަވެސް މިކަމަށް އެދެވޭ ތަރުހީބެއް ލިބޭ ކަމަށެވެ.ދިރި ތިބި މީހުންގެ ތަސްވީރުތައް ހަލާކު ކޮށްލުމާއި ގުޅޭ ގޮތުން ޗައިނާގައި ހިޔާލު ތަފާތުވުން ހުރި ނަމަވެސް ލިއުގެ ފެސިލިޓީއަށް ޗައިނާގެ އެކި ކަންކޮޅުތަކުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5-10 އޯޑަރު ލިބެއެވެ. އޭގެ ތެރޭގައި ބޮޑެތި ވޯލް ފޮޓޯތަކާއި ކުދި ޑެކަރޭޓިވް ޝޮޓްތަކާއި އަލްބަމްތައް ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ ޕްލާސްޓިކް، އެކްރިލިކް އަދި ބިއްލޫރިން ހަދާފައިވާ އަލްބަމްތައް ކަމަށްވެއެވެ.މަސައްކަތްތެރިން އެ ފޮޓޯތައް ފޯކްލިފްޓަކަށް އަރުވައި، ތަރުތީބު ކުރުމަށް ގުދަން ފްލޯއަށް އެޅުމަށް ފަހު ކްލައިންޓްގެ ޕްރައިވެސީ ހިމާޔަތް ކުރުމަށް ޑާކް ސްޕްރޭކޮށް މޫނު ނުފެންނަގޮތްހަދައި ސްލޭޖްހެމަރަކުން ބިއްލޫރި ފްރޭމްތައް ތަޅާލައެވެ.މި ތަނަށް އެއްޗެހި ގެންދާ މީހުން ބޭނުން ވަނީ އެމީހުން ހިތްހަލާކު ކޮއްލި މީހުންގެ ހަނދާތައް ހަލާކޮށްލައި އެކަން އެއްކޮން ހަނދާން ނައްތާލުމަށްކަމަށް ލިއު ބުނެއެވެ. އޭނާ ލަފާކުރާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން މި ހިދުމަތް ތައާރަފްކުރި ފަހުން އޭނާ ވަނީ ގާތްގަނޑަކަށް 1،100 ކްލައިންޓުންނަށް ހިދުމަތް ދީފައެވެ. ލިއު ބުނި ގޮތުގައި ކައިވެނީގެ ފޮޓޯތައް ހަލާކުކޮށްލުމުގެ ބޭނުން ގިނަ ފަހަރަށް ތަފާތެވެ. "އޭގެ ތެރެއިން ވަރަށް މަދު ބަޔަކު މިކަން ކުރަނީ ނުރުހުމުގައި،" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "ފަހަރެއްގައި މި އައިޓަމުން ވަކި ޚިޔާލުތަކެއް ނުވަތަ އިހުސާސްތަކެއް ގެނެސްދެނީ ނުވަތަ ހަޔާތުގައި ކުރިއަށްދިއުމަށް ހުރަހަކަށް ވަނީ" ލިއު ބުނި ގޮތުގައި މިކަމުގެ ބާވަތުން މިއީ ހަލާކު ކޮށްލުމަށްފަހު އަނބުރާ ކުރިން ހުރި ގޮތަށް ނުލިބޭނެ އެއްޗެހިކަމުން ކްލައިންޓުންގެ ނިންމުމާ މެދު ހިޔާލު ބަދަލުވެއްޖެ ހާލަތެއްގައި އެ ތަކެތި ސަލާމަތް ކުރުމުގެ އެންމެ ފަހު ފުރުސަތެއް އޭނާ ދޭ ކަމަށެވެ. އެންމެ ފަހު މަރުހަލާގައި ވެސް އެއްޗެހި ނައްތާލަނީ ކްލައިންޓްގެ ފެހި ސިގްނަލް ލިބުމުންކަމަށް ވެސް އޭނާ ބުންޏެވެ.އަދި އެއަށްފަހު މި ކުނިތައް ކައިރީގައި ހުންނަ ބަޔޯފިއުލް ޕްލާންޓަކަށް ގެންގޮސް، ގޭތެރޭގެ އެހެނިހެން ކުނިތަކާ އެކު ޕްރޮސެސްކޮށް ކަރަންޓު އުފައްދައެވެ.ޗައިނާއިން 2022 ވަނަ އަހަރު 2.9 މިލިއަން ވަރި ކޮށްފައިވާއިރު، އަދި އޭގެ އަހަރުތަކެއް ކުރިން 4.3 މިލިއަނަށް ވެސް ވަރީގެ އަދަދުވަނީ އަރާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ