ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ބުނެ ހއ ދިއްދޫ ފެނަކައިގެ މެނޭޖަރު ދެއްކި ވާހަކަތައް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްން (ޕީއެންސީ) އިން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން މިހެން ބުނީ ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އެ ރަށުގެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ދެއްކި ވާހަކަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން، “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެ ގެތަކަށް” ކަމަށް އޭނާ ވިދާޅުވެފައިވާތީ އެކަން ކޮންގްރެސް ޕާޓީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޕީއެންސީ އިން ބުނީ ދިއްދޫ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ދެއްކި ވާހަކަތަކަކީ ރައީސް ޑރ. މުޢިއްޒު އަދި އެ ޕާޓީގެވެސް ސިޔާސަތެއް ނޫން ކަމަށެވެ.
“އެމަނިކުފާނުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި، ރައްޔިތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން,” -ޕީއެންސީ-
ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ ޕާޓީގެ ނުވަތަ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބުގައި ‘އަސްލު’ ސަރުކާރުގެ ކެންޑިޑޭޓުންނަކީ ކޮބައިތޯ؟ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭ ޕީއެންސީއަށް ސޮއިކުރައްވައިފި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުން ޕީއެންސީއަށް ސޮއިކޮށްފި ޕީއެންސީ އިން ކުރާނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ