މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓާ ގުޅިގެން އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަދެ އެ މީހާ އެތަނުން ނެރެފައިވާ ކަމަށާ އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ފުލުހުންގެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
އަދި އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭ ގެއެއްގައި ރަހީނު ކޮށްފައި ހުރި މީހަކު ސަލާަމަތް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ