ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކްލަބް އާއި ކްލަބް އެޗްޑީސީ އިން މޮޅަކުން މުބާރާތް ފަށައިފި އެވެ.
މި މުބާރާތުގެ މެޗުތައް އިއްޔެ ހަވީރު ފެށިއިރު، ފުރަތަމަ މެޗު ސިފައިން ކާމިޔާބުކުރީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފުވައްމުލަކު ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 25-21، 25-23 އަދި 25-21 އިންނެވެ.
މި މެޗުގައި ސިފައިންގެ ތަފާތަކަށް ފެނިގެންދިޔައީ އެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ލުއިސް ފިލީޕޭ އެވެ.
ދެ ވަނަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން، އެޗްޑީސީ އިން ނުކުތީ ބްލޫސް ފޯ ވޮލީބޯލް ކްލަބާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 28-26، 25-15 އަދި 25-20 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ ފަހުކޮޅު އެޗްޑީސީގެ ތަފާތަކަށް ވެގެންދިޔައީ ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. ދެން ކުޅުނު ދެ ސެޓު ވެސް އެޗްޑީސީން ވަނީ ލީޑުކޮށްގެން ކުޅެ ކާމިޔާބުކޮށްފަ އެވެ.
އިއްޔެ ކުޅުނު ފަހު މެޗުގައި، މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި ކުޅޭ ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ސްޕޯޓްސް ކްލަބް ސިޓީ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 25-11، 25-17 އަދި 25-21 އިންނެވެ.
ވީއޭއެމް ކަޕް: ސިފައިން އާއި އެޗްޑީސީ އިން މުބާރާތް ފެށީ މޮޅަކުން ވީއޭއެމް ކަޕް: ސިފައިން އާއި އެޗްޑީސީ އިން މުބާރާތް ފެށީ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ