އިންޑިއާ ސަރުކާރު ފުރިހަމަ ހިއްސާ އޮންނަ މަޒާގޯން ޑޮކް ޝިޕްބިލްޑާސް ކުންފުނިން އުޅަނދު ބަނުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ފުޅާކުރުމަށް ސްރީ ލަންކާގެ ކޮލަމްބޯ ޑޮކްޔާޑްގެ ކޮންޓްރޯލް ހިއްސާ 52.96 މިލިއަން ޑޮލަރަށް ގަތުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ކޮލަމްބޯ ޑޮކްޔާޑުގެ %51 އިކުއިޓީ ހޯދުން ހިމެނޭ މި މުއާމަލާތް ހަ މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ. އެ މުއްދަތަށް ފަހު، ލަންކާގެ ޝިޕްބިލްޑަރު މަޒާގޮން ޑޮކް ޝިޕްބިލްޑާސްއަށް ގުޅިލާމަހާލެވިގެން ދާނެ ކަމަށް ރެގިއުލޭޓަރީ ފައިލިންގައި ހުކުރު ދުވަހު ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކޮލޮމްބޯ ޑޮކްޔާޑުގެ ބަހެއް ލިބިފައި ނުވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
މަޒަގަން ޑޮކް ޝިޕްބިލްޑާސް އިން ވެސް ހަނގުރާމަމަތީ އުޅަނދުތަކާއި ސަބްމެރިންތައް ވެސް ބަނދެ އެވެ. އެ އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ޗައިނާ އިން ނުފޫޒު ފޯރުވަން އެތައް އަހަރެއް ވަންދެން ވާދަކުރަމުން އަންނަ އިންޑިއާ ކަނޑުގެ ލަންކާގައި ސްޓްރެޓެޖިކް މަގާމެއް އިންޑިއާއަށް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ކޮލަމްބޯ ޑޮކްޔާޑުން މިދިޔަ އަހަރު 84.89 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެ އެވެ. އަދި މިދިޔަ މާޗު މަހުގެ ނިޔަލަށް މަޒާގޯން ޑޮކް ޝިޕްބިލްޑާސްއަށް 1.34 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ކޮލަމްބޯ ޝިޕްޔާޑްގެ ކޮންޓްރޯލް ހިއްސާ އިންޑިއާއިން ގަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ