"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

އެސް.އެމް.އީ ހަބްގައި ޤާއިމުކޮށްފައިވާ "މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" ސްޓޯލް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެސް.އެމް.އީ ހަބަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް އެފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ހުޅުވާފައިވާ ތަނެކެވެ.
"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" ސްޓޯލްއަކީ ފޮނި ކާއެއްޗެއްސަށް ޚާއްޞަ ސްޓޯލެކެވެ. މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެސް.އެމް.އީ ހަބުގައި ހުރި އިތުރު ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" އަކީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާގެ މޯލްޑިވްސްގެ ބެސްޓް މޯލްޑިވިއަން ޕޭސްޓްރީ ޝެފް 2022 ކާމިޔާބު ކޮށްފައިވާ އާމިނަތު ހަމީދު އާއި އޭނާގެ ދައްތަ ސޫޒަން ހަމީދު ގުޅިގެން ހިންގާ ސްޓޯލްއެކެވެ. އާމިނަތު ހަމީދަކީ "މޯލްޑިވިއަން ޕެޓިސިއެރ"ގެ ވެރިޔާއެވެ. އަދި ސޫޒަން ހަމީދަކީ "އެލް އެންޑް އީވްސް"ގެ ވެރިޔާއެވެ. އާމިނަތު ހަމީދާއި ސޫޒަން ހަމީދަކީވެސް ފޮނި ކާއެއްޗެހި ތައްޔާރުކުރުމުގައި ވަރަށް މަޝްހޫރު ދެކަނބަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ