ކުރީގެ ޕްރެޒެންޓަރު އާޒިމް ގެއްލިގެން ހޯދަން ފަށައިފި

ކުރީގެ ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު އިސްމާއީލް އާޒިމް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
އަދި އޭނާ ވީނުވީއެއް ނޭނގި، ގެއްލިގެން އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު އެވެ.
އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.
މި މައްސަލައާ ގުޅިގެން "ދެން"އިން ފުލުހުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ