ރޮބޯ މޭންއާއި ޝަލަބީއާއި އެކު ހިޔާ ކުޑަކުދިންގެ ހަވީރު ބާއްވަނީ

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ރޮބޯމޭންއާއި ޝަލަބީ އާއެކު ހިޔާ ސަރަހައްދުގައި "ހިޔާ ކުޑަކުދިންގެ ހަވީރު 1444" ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ. 
މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންތަކެއް އިސްނަގައިގެން މޯލްޑިވްސް ނެޝަނަލް ހައުސިން އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. 
މި ހަވީރު އޮންނާނީ 12 މެއި 2023 ވާ ހުކުރު ދުވަހު ހަވީރު 4 އަކުން 6 އެއް ޖެހުމާ ދެމެދު ހިޔާ ސަރަހައްދުގައެވެ.
Advertisement
ކުޑަކުދިންގެ ދުވަހާ ގުޅިގެން ބާއްވާ މި "ހިޔާ ކުޑަކުދިންގެ ހަވީރު" ގައި މާބްލް ހަންޓިން، ބޯލް ތްރޯވިންގ، ގޯލް ކިކް، ފޭސް/ބޮޑީ ޕެއިންޓިންގ، މިނީ އޮލިމްޕިކް ގޭމްސްގެ އިތުރުން އަދިވެސް އެތަކެއް ތަފާތު ޝައުގުކުރުވަނިވި ގޭމްތަކާއި ކުޅިވަރުތައް ހިމެނިގެންދާނެއެވެ. ހާއްސަކޮށް "މިޔުޒިކަލް ޗެއާރ" އަދި "ކްރާފްޓް ސްޓޯލް" ފަދަ ކުޑަކުދިން ގަޔާވާ ފަދަ ގޭމްތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ފުރިހަަމަ ހުށައެޅުންތަކެއްވެސް ހަވީރުގައި އޮންނާނެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯ މޭންގެ ތަފާތު ހަރަކާތްތަކެއްވެސް ފެނިގެންދާނެ އެވެ. 
ހިޔާ ސަރަހައްދުގައި ބާއްވާ މި ހަރަކާތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ހިތްހަމަ ޖެހުމާއި އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަަކާތެކެވެ.
މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުމަކީ ހަރަކާތް އިންތިޒާމު ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ