ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮ އަށް

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އަށް ދީފިއެވެ.
އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާ އަކީ ވެސް ޕީޕީއެމްގެ މެންބަރެކެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ މިދިޔަ މަހުގެ ތެރޭގައި ރިޒާ ނިޔާވުމާއި ގުޅިގެންނެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ބޭފުޅަކު ވާދަކުރެއެވެ. ޕީޕީއެމް އިން ބުނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ވަނީ އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެކަނި ކަމަށެވެ. އޭނާ އަކީ އެޕާޓީގެ އާއްމު މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށް ޕީޕީއެމް އިން ބުންޏެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް އޭނާ ވަޑައިނުގަންނަވައެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކިކަން ޔައުމިއްޔާއަކުން އެނގެން ނެތެވެ.
ރިޒާ ވަނީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ.
އޭނާ ތަމްސީލު ކުރައްވާ ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ، އަދި ކ. މާފުށިއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް އީސީ އިން ނިންމުމާއި ގުޅިގެން ޕާޓީތަކުން އަންނަނީ ޕާޓީތަކުގެ އެތެރޭގައި ޕްރައިމަރީއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި އެމްއެންޕީ އިން ވެސް ވާދަ ކުރާނެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ