ފުލުހުން ކަރަންޓު ބަަޑި ބޭނުންކުރަން ފަށައިފި

ކުށްކުރާ މިންވަރު ކުޑަކުރުމަށް އެޅޭނެ އިތުރު ފިޔަވަޅުތަކެއްގެ ގޮތުން ފުލުހުން ޓޭޒާ ގަން ނުވަަތަ ކަރަންޓު ބަަޑި ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ޓޭޒާ ގަން ބޭނުންކުރަން ފެށި ނަމަވެސް މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ ޓޭޒާ ގަން ބޭނުންކުރާނެ ގޮތްތަަކާއި ހާލަތްތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ފުލުހުން ބުނީ ޓޭޒަ ގަން ބޭނުންކުރާނީ ހަމައެކަނި ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށްވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެގޮތުން ޓޭޒާ ގަން ބޭނުންކުރާ ފުލުހުން ފަސް ދުވަހުގެ ތަމްރީނެއް ހަދަންޖެހެ އެވެ.
"މިއީ ޕޮލިހުންނާއި އާންމުން ދެފަރާތުގެ ރައްކާތެރިކަމަށް ވިސްނާފައި އެޅި ފިޔަވަޅެއް. ޓޭޒާ ގަން ބޭނުންކުރުން މާރައްކާތެރި މުގުރަކުން ގޮސް ޖެހުމަށް ވުރެ. ޕެޕާ ސްޕްރޭ ބޭނުން ކުރުމަށް ވުރެ ވެސް،" ޓޭޒާ ގަންއާ ގުޅޭގޮތުން ނޫސްވެރިންނަށް މީގެކުރިން މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ޓޭޒާ ބަޑި ބޭނުންކުރާނީ އެކަމަށް ހާއްސަ ތަމްރީންތަކެއް ލިބިފައިވާ ސާޖެންޓު އަދި އެއަށް ވުރެ މަތީ ރޭންކުތަކުގެ ފުލުހުން އެކަނި ކަމަށެވެ.
ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފެށީ 25 ޓޭޒާ ގަން އާއި އެކު އެވެ. ގަން ބޭނުންކުރުމާ ގުޅޭ އުސޫލުތަކެއް ވެސް ކުރިން ހަމަޖައްސާފައިވެ އެވެެ.
ފުލުހުން ޓޭޒާ ގަންނާ އެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ޕޮލިސް
ޓޭޒާ ގަން ބޭނުންކުރުމުގައި ގެންގުޅޭ އުސޫލުތައް
ޓޭޒާ ގަން ބޭނުންކުރެވޭނީ ހަމައެކަނި ސާޖެންޓުންގެ މަގާމާ އެއަށްވުރެ މަތީ މަގާމު ތަކުގައި ތިބޭ އޮފިސަރުންނަށް އެކަނިޓޭޒާ ގަން ބޭނުންކުރަން ފެށުމުގެ ކުރިން ފަސް ދުވަހުގެ ތަމްރީން ޕޮރޮގްރާމެއް ނިންމަންޖެހޭޓޭޒާ ގަން ބޭނުންކުރެވޭނީ ހަމައެކަނި ބޮޑީ ވޯން ކެމެރާއާ އެކީގައި
ޓޭޒާ ގަން ބޭނުންކުރުމުން އޭގެ އަސަރު ދެމިގެން ދާނީ ފަސްވަރަކަށް ސިކުންތަށެވެ. އަދި މި ބަޑިން ދޫކޮށްލާ ކަރަންޓު ވަޒަން ހަށިގަނޑަށް އަމާޒުވާ ހިސާބުން މީހާ ވަގުތުން ވެއްޓި ސިކުންތު ކޮޅަކަށް ޕެރެލައިޒްވެ އެވެ. ނަމަވެސް މީގެ ސަބަބުން ފުރާނައަށް ނުރައްކާތެރިވާ ވަރުގެ ޒަހަމްތަކެއް ނުލިބޭނެެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ