އަޅުގަނޑުގެ ވެރިކަމެއްގައި ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ވެރިކަމަށް ވަޑައިގެން ހާރިޖީ ސިޔާސަތަކަށް ހަދާނީ، ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް ނާސިރާއި އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުކަމަަށް ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައެވެ.
ރައީސް މައުމޫން ވެރިކަމަށް ވަޑައިގެން ގެންގުޅުއްވި ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާއި ވަކި ހާއްސަ ގުޅުމެއް ނުބާއްވާ، ހުރިހާ ގައުމަކާއިއެކު ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެކެވެ.  ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އަދި މެދުއިރުމަތީގެ ގައުމުތަކާއިއެކު ހާއްސަ ގާތް ގުޅުމެއް ބޭއްވެވިއެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެންނަނީ އިންޑިއާ އާއިއެކު ރާއްޖެ އިން ދުވަހަކު ވެސް ނުބާއްވާފަދަ ގާތް ގުޅުމެއް ބާއްވާ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ