ކުރިއަށް އޮތް ފަސްއަހަރު އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ ރައްޔިތުންނަށް
އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ރައްޔިތުން ވެއްޓިގެން ހިނގައިދާނެ ކަމަށް ދާޚިލީ
ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ޢިމްރާން މިހެން ވިދާޅުވީ ރޭ އެމްޑީޕީ ކޯލިޝަނުން ބޭއްވި ޖަލްސާގައި
ވާހަކަދައްކަވަމުންނެވެ.
"މީގެ ވިހި އަހަރުކުރިން މި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް
ވަރަށް ރަނގަޅަށް އެބަ އިޙްސާސު ކުރެވޭ އަޅުގަނޑުމެން މި ޤައުމު ދޫކޮށްލައިފިއްޔާ
މި ޤައުމު ގޮސް ޖެހޭތަން ވަރަށް ރީތިކޮށް އެބަ ފެނޭ، އަޅުގަނޑުމެން މިޤައުމު ޚަރާބުގެ
ތެރެއަށް ދުލެއް ނުކޮށްލާނަން، މިރައްޔިތުން މިޤައުމު ޚަރާބުވާކަށް، އަޅުގަނޑުމެންގެ
ހުރިހާ ލީޑަރުން ގެންގޮސް ޖަލުގެ ފަހަތަށް ލާކަށް އަނިޔާކުރާކަށް، ޑިމޮކްރަސީ ހަލާކުކޮށްލާކަށް،
ލޯކަލް ކައުންސިލްތައް އުވާލާކަށް އަޅުގަނޑުމެން ދުލެއް ނުކުރާނެ"
ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله
ޢިމްރާން ވިދާޅުވީ އަނިޔާވެރި ވެރިކަމެއް ރާއްޖޭގައި އުފެދިއްޖެނަމަ ދެން ވެގެންދާނެ
ގޮތް މިހާރު އެމްޑީޕީ ކޯލިޝަންގެ އެންމެހާ ބޭފުޅުންނަށްވެސް ވިސްނިވަޑައިގެންފި
ކަމަށެވެ.
ޢިމްރާން ވިދާޅުވީ ކެމްޕޭނުގެ ބާކީ މިއޮތް ކުޑަ ދުވަސްކޮޅަކީ މުސްތަޤްބަލު
ކަނޑައެޅުމަށްޓަކައި އެއްބޭފުޅެއްގެ ކިބައިން އަނެއްބޭފުޅަކު ހިތްވަރު
ލިބިގަނެގެން އެންމެން އެކުގައި މަސައްކަތް ކޮށްގެން މި އިންތިޚާބު މާތް اللهގެ ރަޙްމަތާއިއެކު
ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"މިރާއްޖެ މިދަނީ ވަރަށް ބޮޑު ބައިބައި ވުމަކާއި ފިތުނަ ވެރިކަމެއްގެ
ތެރެއަށް، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ލިބެން ހުރި ހުރިހާ
ކުރިއެރުމެއް ހުއްޓި ރައްޔިތުންގެ ހަމަޖެހުން
ގެއްލި، ރައްޔިތުންގެ އަމާން ކަން ގެއްލި ރައްޔިތުންގެ އަމާން ކަން ގެއްލި އަނެއް
ފަސް އަހަރު ހޭދަކުރަން އަޅުގަނޑުމެން ދޫކޮށްލުމަކީ އަޅުގަނޑުމެންގެ
ރައްޔިތުންނަށް ލިބޭނެ އަރައި ނުގަނެވޭފަދަ ބޮޑު ގެއްލުމެއް" ޢިމްރާން ވިދާޅުވިއެވެ.
ރޭ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙްވެސް ވަނީ ވާހަކަ
ދައްކަވައިފައެވެ.
އަނިޔާވެރިކަމަށް ދޫކޮށްލައިފިނަމަ އަރައިނުގަނެވޭ ފަދަ ގެއްލުމަކަށް ރައްޔިތުން ވެއްޓިދާނެ: ޢިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ