އަރަބިއްޔާ އާ އިމާރާތް: މިހާރު ބުނަނީ ކުރެހުން ސްކޭލަށް ފިޓް ނުވާ ކަމަށް

"ރައީސާ ބައްދަލްވި ބައްދަލްވުމުގައި މި ޗާޓް [އަރަބިއްޔާ ބެލެނިވެރީންނަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދެއްކެވި އަރަބިއްޔާގެ އާ އިމާރާތުގެ ކުރެހުން] ސްކޭލަށް ނުފެތޭ ކަމަށް ރައީސް ވިދާޅުވި ކަމަށް އަދާލަތު އިސްވެރީން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވި،"
ބާ ޖަމާލުއްދީނުގެ ބިމުގައި އިމާރާތް ކުރަން ނިންމާފައިވާ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނުފެށި ދޮޅު އަހަރުވެގެން ދިއުމާއި ގުޅިގެން ބެލެނިވެރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އަޅަން ނިންމީ ބާ ޖަމާލުއްދީންގެ ބިމުގައި ޖަމާލުއްދީން ސްކޫލްގެ ބައެއް ތަރައްގީ ކުރާށާ އެކު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ އެވެ. ނަަމަވެސް ބިން ހަމަޖެއްސިތާ ދޮޅު އަހަރުވީއިރުވެސް އާ އިމާރާތުގެ މަސައްކަތެއް ނުފެށެއެވެ. ބިން ސާފު ކުރި ފަހުން މަސައްކަތް އޮތީ ހުއްޓިފައެވެ.މީގެ ތިން މަސް ދުވަސްކުރީން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަހީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ދުވަހު އަރަބިއްޔާ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް 2023 - 2024 ގެ ދިރާސީ އާ އަހަރު ފެށެން ހަފްތާއަކަށް ވެފައިވާއިރު އަދިވެސް އިމާރާތް ކުުރުމުގެ އެއްވެސް މަަސައްކަތެއް ނުފެށެއެވެ.އަރަބިއްޔާގެ ބެލެނިވެރީން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މީހުން ބުނީ އަރަބިއްޔާގެ މައްސަލާގައި ސަރުކާރުގައި އޮތް އަދާލަތު ޕާޓީއާ މަޝްވަރާ ކޮށްފައިވާ ކަމަށާ ނަމަވެސް މިހާރު ދައްކަނީ އަރަބިއްޔާގެ އާ އިމާރާތުގެ ކުރެހުން ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބެލެނިވެރީންނަށް ކުރީން ދެއްކި ކުރެހުން ސްކޭލަށް ނުފެތޭ ވާހަކަ ކަމަށެވެ. ރައީސް ސޯލިހް އެ ވާހަކަ އަދާލަތުގެ އިސްވެރީންނާ ހިއްސާކޮށްފައިވާ ކަމަށް އަދާލަތުން ބެލެނިވެރީންގެ ގާތުގަައި ބުނެފައިވާ ކަމަށް ބެލެނިވެރީން ބުންޏެވެ."ރައީސާ ބައްދަލްވި ބައްދަލްވުމުގައި މި ޗާޓް [އަރަބިއްޔާ ބެލެނިވެރީންނަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދެއްކެވި އަރަބިއްޔާގެ އާ އިމާރާތުގެ ކުރެހުން] ސްކޭލަށް ނުފެތޭ ކަމަށް ރައީސް ވިދާޅުވި ކަމަށް އަދާލަތު އިސްވެރީން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވި،"
ސަރުކާރުން ކުރީން ބުނި ގޮތުގައި އަރަބިއްޔާ ސްކޫލާ އަޅާ ބަލާއިރު މިހާރުގެ އަޅާ ސްކޫލް ވަސީލަތުގެ ގޮތުންނާއި މާހައުލުގެ ގޮތުން ވެސް ފުރިހަމަ ވާނެ އެވެ. އެތަން ޑިޒައިންކޮށްފައި ވަނީ ތަޖުރިބާކާރު އާކިޓެކްޓުންނާއި ދާއިރާގެ ފަންނީ މީހުންގެ ލަފަޔާ އެކީ އެވެ. އަދި މިއީ ދުރާލާ ޕްލޭން ކޮށްގެން ދަރިވަރުންނާއި ޓީޗަރުންނާއި ޕޭރެންޓުންނަށް ވެސް ދަތި ނުވާނެހެން ތަރައްގީކުރާ ސްކޫލެއް ކަމަށް ސަރުކާރުން ބުންޏެވެ.
އަލަށް އިމާރާތް ކުރާ އަރަބިއްޔާ މުޅީން ތަފާތުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބާ ޖަމާލުއް ދީނުގެ ބިމުން ބައެއްގައި އަރަބިއްޔާ އަޅައި 420 ދުވަހުގެ ތެރޭގައި ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި ފަހުން އެ މުއްދަތު ހަމަވެގެން ދަނީ އެއްވެސް މަަސައްކަތެއް ނުފެށި އެވެ.އަރަބިއްޔާ އިމާރާތް ބާވެ އެ ތަނުން ނިކުންނަން ޖެހުމުން އެ ސުކޫލު މިހާތަނަށް ހިންގީ ފޮރިން މިނިސްޓްރީން ވަގުުތީ ގޮތުން ހިންގި އިމާރާތުގައެވެ. ދެން އަރަބިއްޔާގެ ކުދީން ކިޔަވަން ދާން ޖެހޭނީ ދަރުމަންތަ ވަގުތީ އިމާރާތަށެވެ. ދަރުމަވަންތަ އާ އިމާރާތަށް ބަދަލު ކުުރުމުން އަރަަބިއްޔާއަށް އަނެއްކާވެސް ހަމަޖެއްސީ މީގެ އެތައް އަހަރެއް ކުރީން ދަރުމަވަންތަ ސުކޫލު ހިންގަން ހެދި ވަގުތީ އިމާރާތަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ