ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ކުރި 3 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ސަސްޕެންޑްކޮށްފިއެވެ.
ކޮރަޕްޝަންގެ މައްސަލައިގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ސާބިތުވި ހުކުމް އިސްލާމްއާބާދުގެ ހައިކޯޓުން ސަސްޕެންޑްކޮށްފައިވަނީ ޙާން އަށް ދިފާއުވުމުގެ ހައްގު ނުދޭކަމަށް ވިދާޅުވުމުންނެވެ.
ހާންގެ ތިން އަހަރުގެ ޖަލު ހުކުމުގެ މައިގަނޑު އިސްތިއުނާފުގެ މައްސަލައިގަ އަދި ވަކި ގޮތެއް ނުނިމޭކަމަށާއި އަދި އޭނާއަށް ދެން އިންތިހާބެއްގައި ވާދަ ކުރެވެނީ އޭނާއަށް ކޮށްފައިވާ ހުކުމަކީ ހަމައެކަނި ސަސްޕެނޑް ހުކުމެއް ނޫންނަމަކަމަށް ލޯޔަރުން ވަނީބުނެފައެވެ. އަދި އާންމުކޮށް ލިޔުމަކުން އަމުރެއް ނެރެނީ އަނގަބަހުން އަމުރު ކުރުމުން ދެތިން ގަޑިއިރު ފަހުން ކަމަށާއި ދައުވާ ލިބޭ ފަރާތްތަކަށް އެމީހުންނާ ދެކޮޅަށް ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ހާލަތެއްގައި "ބްލެންކެޓް ބެއިލް" ނުދޭނެ ކަމަށް ލޯޔަރު ވިދާޅުވި އެވެ.
ޙާންއަށް ކޮށްފައިވާ 3 އަހަރުގެ ޖަލު ހުކުމަކީ ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް ދައުލަތުގެ މުދަތައް ވިއްކުމުގެ ތުހުމަތެވެ. މީގެ އތުރުން ޙާންގެ މައްޗަށް ވަނީ ޓެރަރިޒަމް އާއި ދައުލަތުގެ މުއައްސަސާތަކަށް ހަމަލާދީ ހިތްވަރު ދިންކަމަށް ބުނެ ދައުވާ އުފުލާފައެވެ.
އިމްރާން ޚާނަށް ކުރި ޖަލު ހުކުމް ހައި ކޯޓުން ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ