ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ބޭއްވުމަށް ނިންމާފައިވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އެ އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ވުމަށްޓަކައި، ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަސައްކަތް ފެށުމާއި އަންހެން ފުޓްބޯޅައިގެ ޕްލޭން ފާސްކުރުމަށް އެޖެންޑާގައި ހިމަނައިފި އެވެ.
ހެންވޭރު މީރުމާ ހޮޓަލުގައި މިރޭ ބާއްވާ ކޮންގްރެސްގައި، އަހަރެއްގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ބައެއް ކަންކަން ފުރިހަމަކޮށް، ފާސްކުރުމަށް މެމްބަރު ކްލަބްތަކަށް ހުށަހަޅާނެ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެ ގޮތުން، ކުޅިވަރު ގާނޫނުން ވެސް ފުރުސަތު ފަހިވެފައިވާ ގޮތަށް އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ވުމަށް ލިބިފައިވާ ބާރުގެ ތެރެއިން، އެފްއޭއެމް ވެސް ފެޑެރޭޝަނަކަށްވުމަށްޓަކައި މަސައްކަތް އޮތީ ފަށައިފަ އެވެ. އެ ގޮތުން، އެފްއޭއެމް އިން ނިންމާފައި އޮތީ ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށެވެ. އެކަމަަށްޓަކައި، އެފްއޭއެމްެގ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ފާސްކޮށްފައިވާއިރު، މިރޭގެ ކޮންގްރެސްގައި ބައިވެރިވާ މެމްބަރު ކްލަބްތަކުން ވެސް އެ ނިންމުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
ބެލެވޭ ގޮތުގައި އެފްއޭއެމް އިން ސަރަހައްދީ/ ރީޖަނަލް އެސޯސިއޭޝަންތައް ހަދާނީ، މިހާރު ވެސް ފުޓްބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އއީ، ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫ) އަދި، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން (މާލެ، ވިލިމާލެ، ހުޅުމާލެ) އެވެ.
ރީޖަނަލް އެސޯސިއޭޝަންތައް އުފެދިގެން ދިއުމާ އެކު، މުޅި ރާއްޖެ އަށް ފުޓްބޯޅައިގެ މުހިންމު ކަންކަމުގައި ބަސްބުނުމުގެ ފުރުސަތާއި ވޯޓު ލުމުގެ ހައްގު ލިބިގެންދާނެ އެވެ.
މިރޭގެ ކޮންގްރެސްގައި ދެން ފާސްކުރާނީ، އެފްއޭއެމް އިން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، ހަދާފައިވާ 2026-2030 ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް ޕްލޭން އެވެ. މިއީ، މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް އަށް ފަހު، އެއް އަހަރު ތެރޭ ފުރިހަމަ ކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން، މިދިޔަަ އަހަރުގެ އިންތިހާބަށް އެއް އަހަރު ފުރެން އެއް ދުވަހަށް ވެފައި އޮއްވައި، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި، އަންހެން ފުޓްބޯޅައިގެ ޕްލޭންގެ ކަންކަން ނިންމަނީ އެވެ.
އެފްއޭއެމް އިން މިދިޔަ އަހަރު ވަނީ ވިމެންސް ފުޓްބޯލް ލީގެއް ބާއްވަައިފައެވެ. މިދިޔަ ޑިސެމްބަރު މަހު ބޭއްވި އަންހެން ފުޓްބޯޅަ ލީގަކީ، 2014 ވަނަ އަހަރުގެ ފަހުން އެފްއޭއެމް އިން އިސްވެ، ކްލަބްތަކަށް ބޭއްވި ފުރަތަަމަ އަންހެން ފުޓްބޯޅަ މުބާރާތެވެ.
މީގެ އިތުރުން، މިރޭގެ ކޮންގްރެސްގައި، އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށްޓަކައި ފާސްކުރަން ޖެހޭ ކަންކަމަށް މެމްބަރު ކްލަބްތަކުގެ ވޯޓަށް އަހާނެ އެވެ.
އެފްއޭއެމް ފެޑެރޭޝަނަކަށް ވުމުގެ ބަދަލާއި، އަންހެން ފުޓްބޯޅައިގެ ޕްލޭން ފާސްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ