ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - ފީފާ ވޯލްޑް ކަޕްގައި މި ފަަހަރު މެޗުތައް ހޫނުގަދަ މޫސުމެއްގައި ކުޅެން ޖެހޭތީވެ، ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ހައިޑްރޭޝަން ބްރޭކް (ކޫލިން ބްރޭކް) އެއް ނަގާތީވެ، މެޗުތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރެއް ކުރޭތޯ ބެލުމަށްޓަކައި، ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސް ވެރިއަކަށް ހުރި މަޝްހޫރު ކޯޗު، އާސެން ވެންގާ ދިރާސާއެއް ކުރަން ނިންމައިފަ އެވެ.
ޖުމްލަ އެކު، 104 މެޗު ކުޅެން ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ފިޔަވައި ބާކީ ހުރިހާ މެޗުތައް ކުޅެފައިވާއިރު، އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމަޒުވެފައިވާ އެއް ކަމަކީ، ކޮންމެ މެޗެއްގައި، ކޮންމެ ހާފެއްގެ 22 މިނިޓް ކުޅެވުމާ އެކު، ތިން މިނިޓަށް މެޗު މެދުކަނޑާލައި ނަގާ ހައިޑްެރޭޝަން ބްރޭކާ މެދު އެވެ. އެ ގޮތުން، ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިން ވެސް އަންނަނީ މި ހައިޑްރޭޝަން ބްރޭކު ނަގާ ސަބަބުތަކާ ގުޅޭގޮތުން ތަފާތު ޝުއޫރުތަކެއް ފާޅުކުރަމުންނެވެ. މި ބްރޭކަކީ، އިސްތިހާރު ދައްކައިގެން، މާލީ މަންފާ ހޯދަން ކުރާ ކަމެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
MU STORE
Yes Maldives Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
ހައިޑްރޭޝަން ބްރޭކާ ގުޅިގެން، ސަޕޯޓަރުންނާއި ކޯޗުން އަދި ކުޅުންތެރިންގެ ނުރުހުން އިންތިހާ އަށް ބޮޑުވެފައިވާއިރު، އެކަމާ ބެހޭގޮތުން ކުރި ސުވާލުތަކަށް ވެންގާ ވަނީ ޖަަވާބުދީފަ އެވެ. ވެންގާ ބުނީ، އެހާ ގިނަ ބަޔަކު ހައިޑްރޭޝަން ބްރޭކާ ދެކޮޅުވާ ސަބަބެއް ދެނެގަންނަން ޖެހޭ ކަމަށާއި މި ވަގުތަށް ބަލާއިރު އޭނާ އަށް ފެންނަ ގޮތަކީ، މި ކަމުގެ ސަބަބުން، އަސަރެއް ނުކުރާ ކަަމަށެވެ.
"އެހެން ނަމަވެސް މި ކަމުގެ ފުރިހަމަ ދިރާސާއެއް، އެނަލައިސިސް އެއް ހެދޭނީ ވޯލްޑް ކަޕް ނިންމާފައި ރަނގަޅަށް މެޗުތައް ބަލައިގެން. އަހަންނަށް މި ވަގުތު ފެންނަ މަންޒަރަކީ ހައިޑްރޭޝަން ބްރޭކުގެ ސަބަބުން ވޯލްޑް ކަޕްގެ މެޗުތަކުގެ ނަތީޖާ ބަދަލުވާނެ ހާލަތެއް ނާދޭ. އެކަމަކު، އަހަރެެމެން ފުޓްބޯޅައިގައި މި ތިބީ ބަޔަކަށް ހިދުމަތެއް ކޮށްދޭން، އެހެންވީމަ، ކަންބޮޑުވުން ހުރި ކަންކަން ރަނގަޅަށް ބަލަންޖެހޭނެ،" ވެންގާ ބުންޏެވެ.
ބައެއް މެޗުތަކުގައި ހައިޑްރޭޝަން ބްރޭކު ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ކަމަށާއި ސުވާލަކީ މިއީ ހުރިހާ މެޗެއްގައި ކުރަން ޖެހޭ ކަމެއްތޯ ވިސްނަން ޖެހޭ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.
"ދަނޑުގެ ފުރާޅު ބަންދުކޮށްފައި ހުންނަ މެޗުތަކުގައި ވެސް ހައިޑްރޭޝަން ބްރޭކު ދޭތީ މީހުން އެ ނުރުހުންވަނީ، މެޑިކަލީ ވިސްނަންޏާ ހައިޑްރޭޝަން ބްރޭކު ދޭން ޖެހޭ މެޗުތައް މި ވޯލްޑް ކަޕްގައި ގިނަ. އެކަމަކު، މި ކަންކަން މުސްތަގުބަލުގައި ކުރާނީ ކިހިނެއްތޯ ދެނެގަންނަން ޖެހޭ،" ވެންގާ ބުންޏެވެ.
ހައިޑްރޭޝަން ބްރޭކުގައި އިސްތިހާރު ދައްކައިގެން، ގިނަ މީޑިއާތަކަކުން އަންނަނީ މާލީ މަންފާ ހޯދަމުންނެެވެ. އެކަމާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވައި އިންފަންޓީނޯ ވިދާޅުވީ، ފީފާ އަށް އިތުރު ފައިސާއެއް ނުލިބޭ ކަމަށެވެ.
ހައިޑްރޭޝަން ބްރޭކުގެ ސަބަބުން ވޯލްޑް ކަޕްގެ މެޗުތަކަށް އަސަރުކުރިތޯ ބަލަން ވެންގާ ދިރާސާއެއް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ