ސޮއި ދިމާނުވާކަމަށް ބުނެ ކާނަލް ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަނެ، އަނބުރާ ފޮނުވާލައިފި

މައްސަލަ ހުށަހަޅާ ފޯމުގައި އޮތް ސޮޔާއި، އައިޑީ ކާޑުގައި އޮތް ސޮއި ދިމާނުވާކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މައްސަލަ ސުޕްރީމް ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.
މިއަދު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އޭނާގެ ޤާނޫނީ ވަކީލުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ނާޒިމުގެ އެޕާޓްމަންޓުގައި ފިސްތޯލަ ބޭއްވި މީހާއާއި އެކަމަށް ހެކިބަސްދޭ މީހުންނާއި އެކުކަމަށެވެ.
މިއަދު ނާޒިމުގެ ވަކީލުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވަކީލުންގެ ޓީމުގައި ހިމެނިވަޑައިވަޑައިގަންނަވާ ޤާނޫނީ ވަކީލު ހުސްނުއްޞުއޫދު ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި އެންމެ އަޑީގައި ތިބިކަމަށް ނާޒިމްގެ ފަރާތުން ޤަބޫލުކުރަނީ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަމަށެވެ. އަދި މި ދެބޭފުޅުންނަށް ވާގިވެރިވި މަދު ފުލުހުންކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ