ރާވެރިއެއްގެ ދަރިއަކަށް ވެސް އެތިފަހަރެއް އަންނާނެ ކަމުގެ އިންޒާރު ނަޝީދު ސުޕްރީމް ކޯޓަށް ދެއްވައިފި
ރާވެރިއެއްގެ ދަރިއަކަށް ވެސް އެތިފަހަރެއް އަންނާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް ނަޝީދު ސުޕްރީމް ކޯޓަށް ދެއްވައިފިއެވެ. ރޭ އެމްޑީޕީގެ ޓިކެޓުގައި ހއ ކެލާ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އިބުރާހީމް ޝަރީފާއި ހއ ދިއްދޫ ދާއިރާ އަށް ކުރިމަތި ލައްވާފައިވާ މުޙައްމަދު ހާޝިމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެބޭފުޅުންނަކީ ވެސް ހަމަ މިރަށުގައި އުޅެ، ބޮޑުވި ކުދިންކަން އުއްތަމަ ފަނޑިޔާރު ފާއިޒަށް އެނގިވަޑައި ގަންނަވާނެ ކަމަށާއި، އެބޭފުޅުން މި މާލޭގެ ފަސްގަނޑުގައި ތިބި ހާ ހިނދަކު އަބަދަކު ސުޕްރީމް ކޯޓަށް ރައްޔިތުންނަށް ބޭއިންސާފެއް ރައްދެއް ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ރައްޔިތުން ހިތްވަރު އެލިއްޖެ ކަމަށް ހީނުކުރުމަށާއި، މަގުމައްޗަށް ނުކުންނާން ޖެހުނީމާ މަގުމައްޗަށް ވެސް ނުކުންނާނެ ކަމުގެ އިންޒާރު ނަޝީދު ވަނީ ދެއްވާފައެވެ. އަދި އެހެން ތަންތަނަށް ދާން ޖެހިއްޖެ ނަމަ އެހެން ތަންތަނަށް ވެސް ދާނެ ކަމަށާއި ރައިވެރިއެއްގެ ދަރިއަކަށް ވެސް އެތިފަހަރެއް އަންނާނެކަމުގެ އިންޒާރު ނަޝިދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޚާއްޞަ ކޮށް އުއްތަމަ ފަނޑިޔާރަށް ދެއްވާފައެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓަށް ނަޝިދު އިންޒާރު ދެއްވާފައި ވާއިރު ސުޕްރީމް ކޯޓުން ގެންދަނީ އެ ކޯޓުގެ ޙުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައި ޢަމަލު ކުރަމުން ގެންދާ ފަރާތްތަކާއި މެދުފިޔަވަޅު އަޅަމުން ނެވެ.. އެހެން ނަމަވެސް ތަކުރާރު ކޮށް ސުޕްރީމް ކޯޓަށްގޮން ޖަހައި އިންޒާރު ދެއްވާފައިވާ ކުރީގެ ރައީސް ނަޝީދާއި މެދު އެ ކޯޓުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަޝިދުގެ އަމުރަށް މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުވަދެވޭނެހެން އެކޯޓު ބަންދުކޮށް ތަޅު އަޅުވާ، އެ ކޯޓުގެ ދޮށުގައިމުޒާހަރާ ކޮށް، ސުޕްރީމް ކޯޓުގެ އަމުރު ތަކަށް ފާޅުގައި ގޮންޖައްސަވައި، ސުޕްރީމް ކޯޓުގެ އަމުރުތައް ތަންފީޒު ކުރިޔަ ނުދީ ހިފަހައްޓާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ