ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދޭތެރޭ އަމަލުކުރަންވާނީ ގާނޫނާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ނުވާ ގޮތައް ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރައީސް ނަޝީދާއި ދޭތެރޭ އެއްވެސް ތަފާތު ކަމެއް ގެންގުޅެގެން ނުވާނެ ކަމަށާއި އެންމެންނާއި ދޭތެރޭވެސް އަމަލުކުރަންވަނީ ގާނޫނާއި ޑިމޮކްރަސީގެ އުސޫލަތަކާއި އެއްގޮތައް ކަމަށެވެ.
އީޔޫގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗައް ކުރާ ދައުވާގެ ދެން އޮތް އަޑު އެހުމުގައި އެމަނިކުފާނުގެ ވަކީލުންނަށް ކޯޓަށް ވަނުމުގެ ހުއްދަ ލިބިގެން ދާނެ ކަމަށް ބުނެ ޔަގީންކަން އެރުވުމުން އެކަމާއި ހިތްހަމަޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗައް ކުރާ ޓެރަރިޒަމްގެ ދައުވާއަކީ އާއްމު އުސޫލުތަކާއި ގާނޫނުތަކާއި އެއްގޮތައް ކުރާ ދައުވާއެއްކަމަށް އުއްމީދު ކުރާކަށްވެސް އެ ބަޔާނުގައި ވެއެވެ.
އީޔޫގެ ބަޔާން ނިންމާލާފައިވަނީ ރާއްޖޭގެ ރައްޔިތުން މަޑުމައިތިރިކަމާއި ސުލްވަހެރިކަމާއި އެކު އަމަލުކުރުމަށް ގޮވާލައި ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ބުނެ އެވެ.
ނަޝީދާއި ދޭތެރޭ އަމަލުކުރަންވާނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު ނުވާ ގޮތަށް: އީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ