ރައީސް މައުމޫން މިނިވަން ކުރުމަށް އަނެއްކާވެސް އެދިއްޖެ

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކޮށްދިނުމަށް ވަކީލުން މިއަދު އަނެއްކާވެސް ކްރިމިނަލް ކޯޓު އަދި ހައި ކޯޓުގައި އެދިއްޖެއެވެ.
ރައީސް މައުމޫންގެ އާއިލާގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާއި ފާރިސް އަދި މުހައްމަދު ނަދީމް މިނިވަން ކުރުމަށް އެދި ހައިކޯޓާއި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު މައުމޫނާއި ނަދީމް ހައްޔަރުކޮށްފައިވާއިރު މައުމޫންގެ މައްޗަށް ވަނީ ތަހުގީގަށް ފޯނު ނުދިން މައްސަލަ ސާބިތުވެ 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފާރިސް ޖަލުގައި ބަންދުކޮށްފައިވާއިރު ފާރިސްގެ މައްޗަށް ރިޝްވަތު ހުށައެޅުމާއި ރިޝްވަތު ހިފުމުގެ ތުހުމަތު އެކި ފަހަރު މަތިން ކޮށްފައިވި ނަމަވެސް މިހާތަނަށް ފާރިސްގެ މައްޗަށް އެއިން އެއްވެސް ކުށެއް ސާބިތު ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ