ހުލާސާކޮށް އިއްޔެ: އިންޓަގްރޭޓަޑް ޓޫރިޒަމަށް ފައްކާކުރި ހަންކެޑެ ހަލާލު ޓޫރިޒަމަށް ހުލާސާކޮށް އިއްޔެ: އިންޓަގްރޭޓަޑް ޓޫރިޒަމަށް ފައްކާކުރި ހަންކެޑެ ހަލާލު ޓޫރިޒަމަށް

ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައި، މި ސަރުކާރުން މަސައްކަތް ފެށި އައްޑޫ ސިޓީ ހަންކެޑެއަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރީ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ނިންނި ނިންމުމުގެ ދަށުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ހަންކެޑެގައި ތަރައްގީކުރެވިގެންދާ ހަލާތު ޓޫރިޒަމްގެ ސަބަބުން ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން މަގު ފަހިވެގެން ދާނެ އެވެ. އަދި އެ ތަނުގައި ތަރައްގީކުރާ ރިސޯޓުތަކުގެ ސަބަބުން ވަޒީފާ އުފެދި އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މިކަން ނިންމިއިރު، ކުރީގެ ޕްރޮޖެކްޓަށް ވީގޮތެއް ރަސްމީކޮށް ނުބުނެ އެވެ. ސަރުކާރުން އެ ޕްރޮޖެކްޓު ފަށަން އައްޑޫގައި ހަވާއަރުވައި ބޭއްވި ބޮޑު ހަފުލާއަކަށް ފަހު، އެ މަސައްކަތް ކުރިއަށް ނުދާތީ އެތައް ސުވާލެއް ކުރިއިރު ވެސް ސަރުކާރުން ވަނީ އެކަމުގައި ބަހެއް ބުނަން ދެކޮޅު ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ