ޕީސް ފައުންޑޭޝަނުގެ އެންމެ ބޮޑު އިވެންޓު، "ލަކުސަނަ"ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް

ޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި
އިޖްތިމާޢީ ހަރަކާތްތަކުގެ ޕްރޮގްރާމް "ލަކުސަނަ"ގެ
މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.
"ލަކްސަނަ" ޕްރޮގްރާމަކީޕީސް
ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ އެންމެ ބޮޑު ހަރަކާތެވެ.
ޕީސް ފައުންޑޭޝަނުން މިފަހަރުގެ ލަކުަަނަ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވަނީ، ށ.މިލަންދޫގައެވެ. ޕްރޮގްރާމް ކުރިއަށްގެންދިއުމަށް
ނިންމާފައިވަނީ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ
ނިޔަލަށެވެ
ލަކުސަނަ ޕްރޮގްރާމަކީ އިޖްތިމާޢީ އެކިއެކި
ދާއިރާތަކަށް އަމާޒު ކުރެވިގެން ހިންގާ، ތަޢުލީމާއި ތަރުބަވީ ތަފާތު ގިނަ ޕްރޮގުރާމުތަކެއް
އެކުލެވޭ ކޭމްޕެކެވެ. ޕީސް ފައުންޑޭޝަނުން ބުނީ، މި ކޭމްޕުގައި ހިންގޭ ޕްރޮގްރާމްތަކުގެތޭރެގައި،
ނަމާދު ވޯކްޝޮޕުތަކާއި، ޢަޤީދާ ވޯކްޝޮޕުތަކާއި އަދި މުއައްސަސާތުގެ ވެރިންނަށާއި، ޒުވާނުންނަށާއި،
އިސްރައްވެހިންނަށާއި، ޓީޗަރުންނަށާއި، ބެލެނެވެރިންނަށާއި، ސްކޫލް ދަރިވަރުންނަށާއި
އަދި މިނޫނަސް ރަށުގެ އެންމެހައި ރައްޔިތުން ޝާމިލުވާނޭ ގޮތަށް ބޭއްވޭ ޕުރޮގުރާމްތައް
ހިމެނޭ ކަމަށެވެ.
2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން
ލަކުސަނަގެ މިފަހަރުގެ ޕްރޮގްރާމުގައިވެސް ކުރީފަހަރުތަކެކޭ އެއްގޮތަށް އެކިއެކި ދާއިރާ ތަކުން ސެޝަންތައް ނަގައިދިނުން ކުރިއަށްދާނެއެވެ. ސެޝަންތައް ނަންގަވައި ދެއްވާނީ ކަމުގެ ތަޖުރިބާ ހުރި ޢިލްމީ ބޭފުޅުން ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.
1. އައްޝައިޚް ނިމާލް މުޙައްމަދު
2. އައްޝައިޚް މުޙައްމަދު މަންޞޫރު
3. އައްޝައިޚް ޝުޢައިބް ނާޡިމް
4. އައްޝައިޚް މުޙައްމަދު ޝާހިދު
5. އައްޝައިޚް ޙާތިމް ޔޫސުފް
6. އައްޝައިޚް ޢާޒިމް ޚާލިދު
7. އައްޝައިޚް މުޙައްމަދު ސަމޫޙް
8. އައްޝައިޚާ ފާޠިމަތު މޫނިފާ
9. އައްޝައިޚް މުޙައްމަދު އަފްޟަލް
10. އައްޝައިޚް ޖަޢުފަރު މުޙައްމަދު
2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން
މިފަހަރުގެ ޕްރޮގްރާމް ކުރިޔަށް ދަނީ ށ.
މިލަންދޫ ކައުންސިލާ ގުޅިގެންނެވެ. ޕީސް ފައުންޑޭޝަނުން ބުނީ، މި
ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ރަށުގެ ހުރިހާ މުއައްސަސާތަކުން ވެސް ވަރަށް
ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.
2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން
1. ޑރ. މުޙައްމަދު ނައުޝާދު:
ރައީސް، ކްލިކް ކޮލެޖް
2. އަޙްމަދު މުޙައްމަދު ދީދީ: އެޗް.އާރު
ޓްރެއިނަރު، އެކްސްޕަރޓް ސްޕީކަރު، ޗާޓަރޑް އެމް.ސީ.އައި.ޕީ.ޑީ
3. އަޙްމަދު އަސްލަމް: އެޗް.ޑީ.ސީ.
ގެ ސްޓްރެޓެޖިކް މެނޭޖްމަންޓް ޑިރެކްޓަރ
4. މުޙައްމަދު ސާޖިދު (ކާއްޓޭ): ސީނިއަރ
ވައިސް ޕްރެޒިޑެންޓް، ވީ.އޭ.އެމް
5. އަކްރަމް ޢަބްދުލްޣަނީ: ގައުމީ ޓީމްގެ
ކުރީގެ ކެޕްޓަން
6. ޝަމްވީލް މުޙައްމަދު: ޒުވާން އަރަމުންދާ
ފުޓްބޯޅަ ކުޅުންތެރިޔާ
7. ޢާއިޝަތު ފަހުދާ ޚަލީލް (ހުދާ):
އަންހެނުންނާއި އަންހެން ކުދިންނަށް ޕްރޮގްރާމްތައް ހިންގާނެ. ހުދާ އަކީ އިސްލާމިކް
ލައިފް ކޯޗެއް، އަދި ސްކޫލް ކައުންސެލާރއެއް.
8. މުހައްމަދު ޞޮބާޙް (ޗޭ): ޕީސް ފައުންޑޭޝަންގެ
ޖެނެރަލް ސެކެރެޓަރީ އަދި މޯލްޑިވްސް ސާފިންގ އެސޯސިއޭޝަންގެ ރައީސް.
2024 ބޭއްވި ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން
މިއީ ޕީސް ފައުންޑޭޝަނުން ހިންގާ 5 ވަނަ ލަކުސަނައެވެ. މީގެ ކުރިން މި ޕްރޮގްރާމް ހިންގާފައިވަނީ ރ. މީދޫ (2019)، ދ. ކުޑަހުވަދޫ (2022)، ތ. ގުރައިދޫ (2023) އަދި ތ. ވިލުފުށި (2024) ގައެވެ. ލަކުސަނައިގެ ޓައިޓަލް ސްޕޮންސަރ އަކީ މިފަހަރު ބީ.އެމް.އެލް. އިސްލާމިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ