ސިނަމާތަކަށް ނުދެވުނު މީހުންނަށް އަންނަ މަހު ނެޓްފްލިކްސްއިން 'ސައްޔާރާ' ބެލޭނެ

އިންޑިއާގެ ސިނަމާގެ ތާރީޚުން ޖާގަ ހޯދާފައިވާ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" ސިނަމާއިން ބަލައިލުމުގެ ފުރުސަތު ނުލިބުނު މީހުންނަށް އަންނަ މަހު ނެޓްފިލްކްސް މެދުވެރިކޮށް ފިލްމު ބެލޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމު ނެޓްފްލިކްސްއިން ގެނެސްދޭނެކަމަށް ރިޕޯޓުތަކުން ބުނެފައި މިވަނީ ފިލްމު ވަރަށް އަވަހަށް ސްޓްރީމިންއަށް ދޫކޮށްލަން ނިންމިކިން ވައިއާރްއެފްއިން އިއުލާނުކޮށްފައި ވަނިކޮށެވެ. ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން "ސައްޔާރާ" ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. ވައިއާރްއެފްގެ ކާސްޓިންގް ޑައިރެކްޓަރު ޝަނޫ ޝަރުމާގެ ސޯޝަލް މީޑިއާ ޕޯސްޓް--ފޮޓޯ/ޕިންކްވިލާ ވައިއާރްއެފްގެ ކާސްޓިން ޑައިރެކްޓަރު ޝަނޫ ޝަރުމާ ދާދިފަހުން ސޯޝަލް މީޑިއާ ކުރި ޕޯސްޓެއްގައި ވަނީ ނެޓްފްލިކްސްގައި ފިލްމު ގެނެސްދޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައިވާ "ސައްޔާރާ"އަކީ އިންޑިއާގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ވައިއާރްއެފްއިން ސިނަމާތަކުގައި މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ނެޓްފްލިކްސްގައި ސްޓްރީމްކުރާނެ ފުރަތަމަ ފިލްމެވެ. ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 59 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު މިއީ އިންޑިއާގެ ސިނަމާގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ލޯބީގެ ފިލްމު ކަމަށް ޔަޝް ރާޖް ފިލްމްސްއިން ވަނީ ބުނެފައެވެ. މޯހިތު ސޫރީ ފުރަތަމަ ފަހަރަށް ޔަޝް ރާޖް ފިލްމްސްއަށް ޑައިރެކްޓްކޮށްދިން "ސައްޔާރާ" އަކީ ބޮލީވުޑް އެކްޓަރު ޗަންކޭ ޕާންޑޭއަށް ބޮޑު ބޭބެ ކިޔާ އަހާން ޕާންޑޭ ފިލްމީ ދާއިރާއަށް ތައާރަފުކުރި ފިލްމެވެ. އަހާންއާ އެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ "ސަލާމް ވެންކީ" އަދި އެމޭޒަން ޕްރައިމްގެ "ބިގް ގަލްސް ޑޯންޓް ކްރައި"ގެ ބަތަލާ އަނީތު ޕައްޑާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ