މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ރޭ، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައިި އަތުލައިގަތް 214 ގުރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ހާމަކޮށްފި އެވެ.ފުލުހުން ބުނީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މއ. ހިތްތަލަވިލާ، އަހުމަދު ނަޒްމީން، 28، އެވެ.އެ އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައި ފާސްކުރިއިރު 214 ގްރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗަކާއި ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 16،800ރ. އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.ނަޒްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް ފުލުހުން ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ