ރައްޔިތުން މަޖިލީހުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ. މިރޭ މަޖިލީހުގެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ މިރޭ 9:00 ޖަހާއިރު އެވެ. 
މިރޭގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ބިޔަ އިންވެސްޓްމަންޓްތައް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އޭނާ ހުށަހެޅުއްވި ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިއުމެވެ. 
މިރޭ މަޖިލިސް ބާއްވާއިރު ސަރުކާރާއި އެމްޑީޕީއާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި މިރޭ  ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތް ބައްދަލުވުން ކެންސަލް ކޮށްފަ އެވެ. 
ނައިބު ރައީސް ކަމުން މިއަދު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރި ޖަލްސާ މިއަދު ނިންމަވާލައްވަމުން މިއަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މިއަދުވެސް ޖަލްސާއެއް ބާއްވަން ޖެހިދާނެ ކަމަށާއި އެހެން ވެއްޖެނަމަ ޖަލްސާ ބާއްވާނެ ކަމަށެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ