ފުލުހުންކުރާ ތަހުގީގުގެ ބޭއިންސާފާއި ސިޔާސީ ނުފޫޒުގެ މިސާލެއް!

ރައީސް މުއިއްޒުގެ ވަޒީރަކަށް ނިސްބަތްވާ ގެއެއްގެ ފްލޯއެއްގައި ރާބޮއެ ޑްރަގް ޕާޓީކޮށް ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގުމަކީ ދިވެހި ފުލުހުންނަށް މާބޮޑު މައްސަލައަކަށް ނުވިއެވެ. ރާބޮއެ ޑްރަގް ޕާޓީކޮށް ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބެލެވޭ ތަން ބަލާ ފާސްކުރަން ފުލުހުންނަށް އެގުނީ ހާދިސާ ހިނގިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވީފަހުން އާއްމުންގެ ޕްރެޝަރާ ހެދިއެވެ. އޭރު ހެކި ނައްތާލާ ސީސީޓީވީ ފްޓޭޖްވެސް ނައްތާލާ އޮތީ ނިމިފައެވެ. 
އެންމެންގެ ފޯކަސް ޔުމްނު ވެއްޓުމަށް ހުއްޓުވާލާ ވަޒީރަކަށް ނިސްބަތްވާ ގޭގައި ޑްރަގް ޕާޓީކުރި މައްސަލަ ހިންދާލީއެވެ. ޑްރަގް ޕާޓީކުރި މީހުންނަކީ ސިޔާސީ ބާރުވެރިކަން އޮތް ބަޔަކަށްވުމުން މުޅި މައްސަލަ ވަޅުޖައްސާލީއެވެ. 
ޔުމްނު ވެއްޓުނަސް ވައްޓާލިޔަސް އެކަމެއް ހިނގީ ވަޒީރަކަށް ނިސްބަތްވާ ގެއެއްގެ ފްލޯއެއްގައި ރާބޮއެ ޑްރަގް ޕާޓީކޮށް ގްރޫޕް ހަދައިގެން ބަޔަކު ބަދުއަހުލާގީ އަމަލު ހިންގުމާއި ގުޅިގެން ހިނގާދިޔަ ކަންތައް ތަކެއްގެ ތެރެއިންކަން ޝައްކެއްނެތް މިންވަރަށް ސާބިތެވެ. އެހާދިސާ ހިނގި ރޭ ޔުމްނާ އެކު ތަފާތު ދެ ފިރިހެނުންނާއި އަންހެނަކު ޖިންސީ ގުޅުން ހިންގިކަމށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައި ބުނެއެވެ. ޔުމްނު ޖިންސީ ގުޅުން ހިންގީ ކޮންބަޔަކާ އެކުގައި ހެއްޔެވެ. އެއްޖިންސުން ގުޅުންހިންގުމާއި ޒިނޭ ކުރުންވެސް ދިވެހީންގެރާއްޖޭގައި އޯކޭވީހެއްޔެވެ. އެމީހުން އެކުރީ ހުއްދަ ހަލާލު ކަންކަމަށްވެ ނިމުނީ ހެއްޔެވެ.
މުޅި މައްސަލަ ރައުދުގެ ބޮލަށް ކަނޑާލާ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާ ރައުދުގެ މައްޗަށް އުފުލުމުން ރާބޮއެ ޑްރަގް ޕާޓީކޮށް ގްރޫޕް ހަދައިގެން ޖިންސީގުޅުން ހިންގުމަކީ މައްސަލައަކަށްނުވެ ހިނދުނީއެވެ. ވަޒީރަކަށް ނިސްބަތްވާ ގެއެއްގެ ފްލޯއެއްގައި ރާބޮއެ ޑްރަގް ޕާޓީކޮށް ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގުމަކީ ކަމަކަށްނުވެ ދިޔައީއެވެ. ގްރޫޕް ހަދައިގެން ރާބޮއެ ޑްރަގްޕާޓީކޮށް ޖިންސީގުޅުން ހިންގިޔަސް އެއްވެސް މީހަކު ވައްޓާލާ، އަނިޔާކޮށް ނުހަދާށޭ ފުލުހުންނާއި ޕީޖީ ބުނާކަހަލައެވެ.
ކުށަކީ ޔުމްނަށް އިންސާފު ހޯދަން މުޒާހަރާ ކުރުމެވެ. މަގު މައްޗަށް ނިކުތުމެވެ. އިންސާފަށް ގޮވާލަން ނިކުތް ޒުވާނުންގެ ތެރޭގައި އިސްކޮށް އުޅުނު މަހުޒޫމާއި ޝިމަންއަށް ދައުވާ ކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ފުލުހުންނާއި ޕްރޮސިކިއުޓާރ ޖެނެރަލަށް އޮތް ކަމަކަށް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ