ރާއްޖެއިން ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓްމަންޓު ފޯރަމްގައި ސަރުކާރުގެ ފަރާތުން ދެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އެ ފޯރަމުގެ މައުލޫމާތު ހިއްސާކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނޫސްބަޔާނެއް ނެރުނީ އިއްޔެ މެންދުރު 2:12 ގަ އެވެ. އެއީ ފުރިހަމަ ނޫން ނޫސްބަޔާނެކެވެ. ފާޑުކިޔާ މީހުން ތުހުމަތު ކުރާ ގޮތުގައި މި ނޫސްބަޔާން ލިޔެފައިވަނީ އޭއައި ބޭނުންކޮށްގެންނެވެ.
އޭގެ ހަވަނަ ޕެރަގްރާފްގައި ސޮއިކުރި ފަހުމުނާމާއެއްގެ މައުލޫމާތު ހިއްސާކުރަން ވެގެން ލިޔެފައި އޮތީ "އިންސާޓް ސަމް ލެވެލް އޮފް ޑީޓެއިލް" އެވެ. އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.
އެ ކުށް އިސްލާހު ކުރުމަށް ފަހު އަލުން ނޫސްބަޔާން ޝާއިއުކުރީ މެންދުރު 2:56 ގަ އެވެ. އޭރު ވެސް އިނގިރޭސި ލިޔުމުގެ ހަމަތަކާއި އުސޫލުން ބަލާނަމަ އެ ނޫސްބަޔާނުގައި ގިނަ ކުށްތަކެއް ހުއްޓެވެ.
މިއީ ދައުލަތުގެ އިދާރާއަކުން ނެރޭ ފެންވަރުގެ ނޫސްބަޔާނެއް ނޫން ކަމަށް ފާޑުކިޔާ މީހުން އަންނަނީ ބުނަމުންނެވެ.
ރާއްޖެއަށް އިންވެސްޓްމަންޓު ގެނައުމަށް ޗައިނާ، އިންޑިއާ، ޔޫއޭއީ އަދި މެލޭޝިއާގެ އިތުރުން ސިންގަޕޫރުގައި މިފަދަ ފޯރަމްތައް ބާއްވާފައިވެ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ވަނީ ކަށަވަރު ކުރެވިފަ އެވެ.
ނަމަވެސް، މި ސަރުކާރު އައުމަށް ފަހު ރާއްޖެއަށް ބޮޑެތި އާ އިންވެސްޓްމަންޓުތައް ގެނެސް، ކާމިޔާބުކަމާ އެކު މަސައްކަތް ހިނގާ ތަނެއް ނުފެނެ އެވެ. އަދި އިގުތިސާދީ ގޮތުން މަންފާ ހޯދުމަށް ފަށާފައިވާ މަސައްކަތްތަކަކީ ވެސް ދުރު ވިސްނުމެއް ނެތި، ސިޔާސީ ފައިދާއަށް ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ނޫސް ބަޔާނުގައި "އިންސާޓް ސަމް ލެވެލް އޮފް ޑީޓެއިލް" އޮތުމުން ފާޑުކިޔަނީ އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ނޫސް ބަޔާނުގައި "އިންސާޓް ސަމް ލެވެލް އޮފް ޑީޓެއިލް" އޮތުމުން ފާޑުކިޔަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ