ކިތަންމެ ގިނަ ފައިސާ އަތުގައި ހުރިނަމަވެސް އަދި ކިތަންމެ ބައިވަރު ގެދޮރުހުރިނަމަވެސް ހިތްފުރެނީ ކާކުގެ ހެއްޔެވެ؟ ހިތް ނުފުރެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކަށް އަހަރެން ބުނާނީ ހިތުގެ މިލްކުވެރިކަން މިބުނި ކަންކަމަށް ނުއޮންނާތީއެވެ. އެހެން ނޫންނަމަ ބިލިއަނަރުން ހާސްވެ ކަންބޮޑުވެގެން އުޅެނީ ކީއްވެގެންހެއްޔެވެ؟
ކަމެއް ކުރިމަތިވުމުން އެހެން މީހެއްގެ ކިބައިން އެހީތެރިކަމަށް ނުއެދި ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދެވުނީ އެންމެ ފަހުން ކޮން ދުވަހަކު ހެއްޔެވެ؟ ނުވަތަ ދުވަހަކުވެސް އެގޮތަށް ކަންތައް ކުރެވުނު ހެއްޔެވެ؟
އެގޮތަށް އެކަން ނުކުރެވޭނަމަ އެނގިގެންދަނީ އެމީހާއަށް އެހުރެވެނީ ﷲ ތަޢާލާ އާއި ވަރަށް ދުރުގައި ކަމެވެ. އެހެނީ ކަމެއް ބޮޑުވުމުން ވާގިއެދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމަށްފަހު ކެތްތެރިވެލުމަކީވެސް ހަމަ ކުރަންޖެހޭނެ ކަމެކެވެ.
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,
“Let one of you ask his Lord for his needs, all of them, even for a shoestring when his breaks.”
Source: Sunan al-Tirmidhī 3973
Grade: Sahih (authentic) according to Al-Suyuti
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި އޮތީ ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. އެއީ ފައިވާނުގެ ވަދުކެނޑުން ފަދަ ކަމެއް ނަމަވެސް މެއެވެ.
Sayyiduna Abu Hurayrah (radiyallahu ‘anhu) reports that Nabi (sallallahu ‘alayhi wa sallam) said:
“By the One in whose hand my life is, it is better for one of you to take a rope and carry firewood on his back than for him to go to someone and beg, who will either give him or refuse to give him anything.”
(Sahih Bukhari, Hadith: 1470 and Sahih Muslim, Hadith: 1042)
މިޙަދީޘްފުޅުން އެނގިގެންދަނީ ކަންކަމުގައި މީސްމީހުންނަށް އާދޭސްކުރުމަށްވުރެ ކޮނޑުގައި ދަރުއުފުލައިގެން ބޭނުންތައް ފުއްދުންވެސް މާރަނގަޅުކަމެވެ.
ވަކިކަމަކަށް ބޭނުންވުމަކުން ނޫނެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އެކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާށެވެ! އެކަމަކަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. ތިބާއަށް ތިބާގެ ބޭނުން ފުދުނީ ނުވަތަ ފުއްދައިދިނީ މީހަކު ކަމުގައިވެދާނެއެވެ. ވިސްނަންވީ އޭނާ މެދުވެރިވެގެންވެސް އެކަން އެ ފުދުނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުން ކަމެވެ.
ހަމައެކަނި ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާއަށް ނުފުދިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް މަގަކުން އެކަން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހިތްފުރިގެން ހުރެވެން އޮތް ހަމައެކަނި ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ