ހަމަތެދެއް | ހުޅުމާލެއަށް ޖައްސާލަން ފެނަކަ ސައީދު 2.8 މިލިއަންގެ ކާރެއް

އުޝާމް ވަނީ ދެ ބިލިއަނުން ދަރާފައި އޮތް ކުންފުންޏެއްގެ ވެރިއެއްގެ އަމަލުތައް މި ގޮތަށް ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުތަކެއް ކުރައްވާ ވިލިމާލެ ދާއިރާގެ މެންބަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަހްމަދު އުޝާމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައުގުވެރި ވާހަކަތަކެއް ދައްކަަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީން އެޓާނީ ޖެނެރަލްގެ ނާއިބުގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް ވަނީ ފެނަކަ ކޯޕަރޭޝަންގައި ބޮޑު ދަރަންޏެއް އޮތްއިރު ކުންފުނީގެ އެމްޑީ އަހްމަދު ސައީދުގެ ބޭނުމަކަށް ބޮޑެތި ހަރަދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއް ކަމަކަށް ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރެއްވުމަށް ސައީދު، އަގު ބޮޑު ކާރެއް ބައްލަވައިގެންފައިވާ ކަމަށެވެ.އުޝާމްގެ ވާހަކަފުޅުގައި އެއީ ސައީދު އަމިއްލަފުޅު ހަރަދުގައި ބައްލަވައިގެންނެވި ކާރެއް ކަމެއް ނުވަތަ ކުންފުނީގެ ހަރަދުގައި ބައްލަވައިގަތް ކާރެއް ކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ. ނަމަވެސް އުޝާމްގެ ވާހަކަ ބިނާ ކުރެއްވި ގޮތުން ބެލެވެނީ އެ ކާރަކީ ފެނަކައިގެ ހަރަދުގައި ގަތް ކާރެއް ކަމަށެވެ.ހުދު ކުލައިގެ ވަރަށް ރީތި އެ ކާރުގެ މައުލޫމާތު އޭނާއަށް ދެއްވީ ރަހުމަތްތެރިޔަކު ކަމަށާ އެއީ ތިން މިލިއަނަށް ގަނެފައި އޮތް ކާރެއް ކަމަށް ރަހުމަތްތެރިޔާގެ ފަރާތުން އެނގި ވަޑައިގެންނެވި ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އަދި އެކަމުގެ ހަގީގަތް ބެލި އިރު އެއީ 2.8 މިިލިއަން ހަރަދުކޮށްގެން ގަނެފައިވާ ކާރެއްކަން އެެނގިވަޑައިެގެންނެވި ކަމަށެވެ. އުޝާމް ވިދާޅުވީ ދެ ބިލިއަނުން ދަރާފައި އޮތް ކުންފުންޏެއްގެ ވެރިއެއްގެ އަމަލުތައް އެ ގޮތަށް ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ."މި ފަހަކުން އަޅުގަނޑު ގޭ ކައިރީ ރައްޓެއްސަކާ ވާހަކަ ދައްކާލަން ހުއްޓާ މިވާ ގޮތަކީ މަގުމަތީން ލާފައި ދަނީ ހުދު ކުލައިގެ ކާރެއް. ސީ ބޯޑެއް ޖަހާފައި އިން ކާރެއް. ވަރަށް ރީތި ކާރެއް. ދެން އަޅުގަނޑު އެ ކާރާ ދިމާއަށް ބަލަހައްޓައިގެން ހުރުމުން އަޅުގަނޑުގެ ރަހްމަތެރިޔާ މި ބުނާ ވާހަކަ އަކީ، 'އުޝާމް އޭ! ކަލެއަށް އެނގޭ ހެއްޔޭ، ތިއީ ކާކުގެ ކާރެއްކަން؟ ކޮން ތަނަކުން ގެނެސްފައި އޮތް ކާރެއްކަން. އަޅުގަނޑު ނޭނގެއޭ ބުނީމަ ބުނީ އެއީ ފެނަކަ ކުންފުނީގެ އެމްޑީ [އަހްމަދު ސައީދު] މާލެއިން ހުޅުމާލައަށް ދަތުރު ކޮށްލުމަށްޓަކައި ގަނެފައި އޮންނަ ކާރެކޭ! ކަލެއަށް އެނގޭހޭ ކިހާ ވަރަކަށް ގަނެފައި އޮތް ކާރެއްކަން. ތިން މިލިއަން ހަރަދުކޮށްފައި ގަނެފައި އޮތް ކާރެކޭ،" އުޝާމް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ